ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 13:41
ސޯޝަލް ސެންޓަރުގެ ހޯލުގައި އޮތް ރަސްމިއްޔާތުގައި ހަނދާނީ ފިލާ އަރުވަނީ
ސޯޝަލް ސެންޓަރުގެ ހޯލުގައި އޮތް ރަސްމިއްޔާތުގައި ހަނދާނީ ފިލާ އަރުވަނީ
ރާއްޖެއެމްވީ
ތެލަސީމިއާ ޚިދުމަތް
ތެލަސީމިއާ ޚިދުމަތް ފުޅާކުރުމަށް ޚާއްސަ މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފި
 
ތެލަސީމިއާ ދުވަހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވޭ
 
މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކޮށްފައިވޭ

ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވައިފިއެވެ.

ސޯޝަލް ސެންޓަރުގެ ހޯލުގައި އޮތް ރަސްމިއްޔާތުގައި، ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ލިބިލެއްވި ދެ ފަރާތަށާއި، ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ތިން ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.

އެގޮތުން އެވޯޑު ޙާސިލުކޮށްފައިވަނީ ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން، މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ، މެޑަމް ނަސްރީނާ އިބްރާހިމް، ޑރ ނާއިލާ އިބްރާހިމް މުޙައްމަދު ދީދީ އަދި އަލްމަރުޙޫމާ ޑރ ފަރުޒާނާ ޚާތޫން އެވެ.

އޭގެ އިތުރުންވެސް  މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް 20 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހަ ފަރާތަކަށް ޙަވާލުކޮށްދެއްވާފައެވެ.

އެއީ އަލްފާޟިލާ ފައުޒިއްޔާ އަލީ (އެންރޯލްޑް ނާރސް)، އަލްފާޟިލާ ނަސްރިއްޔާ ޔޫސުފް (އެންރޯލްޑް ނަރސް)، އަލްފާޟިލާ މަރިޔަމް ރަޝީދާ އަލީ (ރެޖިސްޓަރޑް ނަރސް)، އަލްފާޟިލާ ޝިފާ އިބްރާހިމް (ސީނިއަރ ލެބޯޓަރީ ޓެކްނޮލޮޖިސްޓް)، އަލްފާޟިލާ ފަރީދާ (އެޓެންޑެންޓް)، އަދި އަލްފާޟިލާ ހައްވާ ނަސީރު (މެޑިކަލް ލެބޯޓަރީ ޓެކްނީޝަން) އެވެ.

މި ރަސްމިއްޔާތުގައި، ތެލަސީމިއާ ދުވަހާއި ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ އިތުރުން ތެލަސީމިއާ ޚިދުމަތްތައް ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޖަމްޢިއްޔާ ޖަމާއަތްތަކާއި ފަރާތްތަކުގެ މަސައްކަތްތަކާގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް މާލެ ސަރަޙައްދުގައި ޤާއިމްކުރައްވާނެކަން މީގެ ކުރިން ވަނީ އިޢުލާނުކުރައްވާފައެވެ. އެގޮތުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުގައި އަލި އަޅުވާލާފައިވަނީ، ތެލަސީމިއާ އާއެކު ދިރިއުޅޭ މީހުން ބާރުވެރިކުރުމަށް، ފަރުވާއަށް ލިބިފައިވާ ކުރިއެރުންތަކުގެ ބޭނުން ހިފައި، ހޭލުންތެރިކަން އިތުރުކޮށް، މާނަހުރި ހެޔޮ ބަދަލަކަށް ކެނޑިނޭޅި ވަކާލާތު ކުރުމުގެ ޒިންމާގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް