ކ. މާލެ
|
8 މެއި 2024 | ބުދަ 14:35
ފަރެސްމާތޮޑާ މަސްވެރިން- ފައިލް ފޮޓޯ
ފަރެސްމާތޮޑާ މަސްވެރިން- ފައިލް ފޮޓޯ
ފަރެސްމާތޮޑާ މަސްވެރިއެއް
މަސްވެރިންނަށް އައިސް ނުލިބޭ މައްސަލަ
ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް އުތުރުގެ އަތޮޅުތަކުން އައިސް ނުލިބޭ މައްސަލަ ބޮޑުވެއްޖެ
 
މަސްދޯނިތައް ކިޔުގައި ޖެހިގެން ވެސް ބައެއްފަހަރަށް ކިރިޔާ މަސްކޮޅަށް ވާވަރަށް ކުޑަ އައިސްކޮޅެއް ލިބޭ
 
އިހަވަންދޫ އައިސް ޕްލާންޓްއިން ވެސް އައިސްލިބޭނެ ކަމުގެ އުންމީދެއް ނެތް
 
ހޯރަފުށި އައިސްޕްލާންޓްއިން އައިސްނުލިބޭތާ އެތައްދުވަހެއް ވަނީ ވެފައި

ރާއްޖޭގެ އެންމެ އުތުރުގެ ކަނޑުގެ ސަރަހައްދުގައި ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް އުތުރުގެ އަތޮޅުތަކުން އައިސް ނުލިބޭ ކަމަށް ބުނެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަސްވެރިންގެ ޔޫނިއަންއިން ބުނީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އެތައް ކަންނެލި ދޯންޏެއް ހަރަކާތްތެރި ވަމުންދާއިރު އައިސް ލިބޭނެ ގޮތެއްނެތް ކަމަށެވެ. އަދި ހއ. ހޯރަފުށި އައިސްޕްލާންޓްއިން އައިސްނުލިބޭތާ އެތައްދުވަހެއް ވެފައިވާ ކަމަށް އެ ޔޫނިއަންއިން ބުނެއެވެ.

މަސްވެރިންގެ ޔޫނިއަންއިން ބުނީ ހއ. އިހަވަންދޫ އައިސް ޕްލާންޓްއިން ވެސް އައިސްލިބޭނެ ކަމުގެ އެއްވެސް އުއްމީދެއްނެތް ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން މަސްވެރިއަކު ބުނީ އައިސްލިބުމުގައި ދަތިތައް ކުރިމަތިވަމުންދާ ވަރަށް ދުވަސްވެފައިވާ ކަމަށެވެ. އަދި މަސް ގިނައިން ބާނާ ދުވަސްވަރު ވަރަށް ބޮޑަށް މި މައްސަލަ ކުރިމަތިވާ ކަމަށާއި، މަސްދޯނިތައް ކިޔުގައި ޖެހިގެން ވެސް ބައެއްފަހަރަށް ކިރިޔާ މަސްކޮޅަށް ވާވަރަށް ކުޑަ އައިސްކޮޅެއް ލިބޭ ކަމަށެވެ.

ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް އުތުރުގެ އަތޮޅުތަކުން އައިސް ނުލިބޭ މައްސަލާގައި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ޔޫނިއަންއިން ވަނީ ވީޑީއޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ސަރަހައްދުގައި އެވަގުތު ވެސް ގިނަ އަދަދެއްގެ މަސްދޯނިތައް ހަރަކާތްތެރިވަމުންދިޔައެވެ.

މިމައްސަލައާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ތިން މަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު 48 އިންސައްތަ ވަނީ ދަށްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް