ކ. މާލެ
|
8 މެއި 2024 | ބުދަ 13:37
އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު
އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު
އެމްޑީޕީ
މަސްވެރިކަމާއި ގުޅޭ ކޮލެޖް
މަސްވެރިކަމާ ގުޅޭ ކޮލެޖު މާލޭގައި ގާއިމްކުރާތީ އާއްޑޫ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި
 
މަސްވެރިން ގިނަ ހުވަދޫ ނުވަތަ އެހެން އަތޮޅެއްގައި މިކަން ފެއްޓެވިނަމަ އެކަން ވެގެންދާނީ ރަނގަޅު ފާލަކަށް
 
މި ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ޒުވާނުންނަކީ ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކޮށް، ރަށުގައި ދިރިއުޅޭ މީހުން
 
މާލެ "ތޮއްޖައްސަން" އިތުރު ސިޔާސަތެއް އައުމަކީ ރަގަޅު ނިންމުމެއް ނޫން

މަސްވެރިކަމާއި ގުޅޭ ކޮލެޖް މާލޭގައި ގާއިމްކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ފާޅުކުރައްވައިފިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މަސްވެރިކަމާއި ގުޅުންހުރި އިލްމު ފޯރުކޮށްދިނުމަށް މިސަރުކާރުން ވަނީ ޚާއްސަ ކޮލެޖެއް ގާއިމްކުރުމަށް ނިންމާފައެވެ. މިމަސައްކަތާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖު ގާއިމު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ކޮލެޖް ގާއިމު ކުރަން ނިންމާފައި ވަނީ މާލޭގައި ކަމަށެވެ. އަދި ވިދާޅުވީ ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވާސިޓީގައި މިހާރު ވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ވެސް ކޮލެޖްގައި ކިޔަވައިދޭނެ ކަމަށެވެ.

މާލޭގައި މަސްވެރިކަމާއި ގުޅޭ ކޮލެޖް ގާއިމްކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރު ނިޒާރު ވިދާޅުވީ މަސްވެރިން ގިނަ ހުވަދޫ ނުވަތަ އެހެން އަތޮޅެއްގައި މިކަން ފެއްޓެވިނަމަ އެކަން ވެގެންދާނީ ރަނގަޅު ފާލަކަށް ކަމަށެވެ. އަތޮޅުތެރޭ ތިބި މަސްވެރިންވެސް ނުވަތަ ޝައުގުވެރިވާ އެހެން މީހުންވެސް މާލެ ގެންދަން ނުވަތަ މާލެ "ތޮއްޖައްސަން" އިތުރު ސިޔާސަތެއް އައުމަކީ ރަގަޅު ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް މަސްވެރިން ބުނެފައިވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ޒުވާނުންނަކީ ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކޮށް، ރަށުގައި ދިރިއުޅޭ މީހުން ކަމަށެވެ. އަދި މާލޭގައި ޚާއްސަ ކޮލެޖެއް ގާއިމްކުރި ނަމަވެސް ގިނަ ޒުވާނުންނަށް މާލެއަށް ކިޔަން ނުދެވޭނެ ކަމަށް އެމީހުން ބުނެފައިވެއެވެ.

އަސްލު މޭޔަރު އެފާހަގަކުރިހެން މަސްވެރި އަތޮޅެއްގައި އެ ކޮލެޖު ގާއިމްކުރާނަމަ ގިނަ ޒުވާނުންނަށް ފަސޭހަވާނެ ކިޔަވަން ދާން. މިސަރަހައްދުގައި ވިއްޔާ މިއުޅެނީ. މިހާރު ވެސް ދެން ބައެއް ކޯސްތަކުގައި ކްލާސްތައް އެބަ ބާއްވާ ހަފްތާއަކު 2 ދުވަހު ނުވަތަ 3 ދުވަހު ރޭގަނޑު އެކަނި. އެކަހަލަ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފަ މަސްވެރި އަތޮޅެއްގައި ކޮލެޖް ގާއިމްކުރާނަމަ ގިނަ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށް ގަބޫލުކުރެވޭ. މިހާރު އެ ހެދި ގޮތުން މާލެއަށް ދާން މި މަޖުބޫރުވަނީ. އެކަމަކު ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ހިޔެއް ނުވޭ ދިރިއުޅެން ކުރާ މަސައްކަތް ދޫކޮށްލާފައި މާލެއަށް ކިޔަވަން އެކަނި ދާނެހެންނެއް
މަސްވެރިއެއް

މަސްވެރިކަމާ ބެހޭ ކޮލެޖެއް ގާއިމު ކުރަން ފިޝަރީޒް މިނިސްޓްރީ އާއި ގައުމީ ޔުނިވަސިޓީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 27 ޑިސެންބަރު 2023 ގައެވެ.

މަސްވެރިކަމާއި ގުޅޭ ކޮލެޖްގައި މާލޭގައި ގާއިމްކުރަން ނިންމާފައިވާއިރު، މިސަރުކާރުން ދަނީ ކުރީ ސަރުކާރުގައި އަތޮޅުތެރޭގައި ހިންގަން ނިންމާފައިވާ ބައެއް މަޝްރޫއުތައް ވެސް މާލެސިޓީއަށް ބަދަލުކުރަމުންނެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް މިސަރުކާރުން އެކަމަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އެގޮތުން ލ.ގަމުގައި އެޅުމަށް ނިންމާފައިވާ ކެންސަރު ހޮސްޕިޓަލް މިހާރު އަޅަން ނިންމާފައިވަނީ މާލެސިޓީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި