ކ. މާލެ
|
8 މެއި 2024 | ބުދަ 12:09
މަޖިލިސް ޖަލްސާ ކެންސަލްކުރުން- ފައިލް ފޮޓޯ
މަޖިލިސް ޖަލްސާ ކެންސަލްކުރުން- ފައިލް ފޮޓޯ
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޖަލްސާ ކެންސަލްކުރުން
މިއަދު މަޖިލިސް ޖަލްސާ ކެންސަލް، ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން
 
މަޖިލީހުގައި ޖަލްސާއެއް ބޭއްވޭ ވަރަށް ކޯރަމް ހަމަ ވަނީ 22 މެންބަރުން ވަޑައިގެންނެވުމުން
 
ކޯރަމް ހަމަނުވި ނަމަވެސް ގިނަ މެންބަރުން މަޖިލީހަށް ހާޒިރުވި
 
ހެނދުނު 11:00 ހަމައަށް ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވުމުން ބުދަ ދުވަހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

ބުދަ ދުވަހުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ހެނދުނު 9:00ށެވެ. އެގޮތުން 9:30 އަދި 10:00 ގައި ވެސް ޖަލްސާ ފެށޭތޯ މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ކޯރަމް ހަމަވެފައިނުވެއެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ކޯރަމް ހަމަނުވި ނަމަވެސް ގިނަ މެންބަރުން މަޖިލީހަށް ހާޒިރުވި ކަމަށެވެ. އަދި މަޖިލީހުގައި ކޯރަމް ހަމަވާ އަދަދަށް މެންބަރުން ތިބެ ތަޅުމުގައި މެންބަރުން ނެތުމުން 11:00 ހަމައަށް ބަލާނެ ކަމަށެވެ. ނަމަވެސް 11:00 ގެ ފަހުން ވެސް ކޯރަމް ހަމަވެފައިނުވާތީ އަސްލަމް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

ތަޅުމައަށް ހާޒިރުވެވަޑައިގެން ތިއްބެވީ 10 މެންބަރުންނެވެ. 19 ވަނަ މަޖިލީހަށް 87 މެންބަރުން އިންތިޚާބުކުރި ނަމަވެސް މިހާރު ތިއްބެވީ 80 މެންބަރުންނެވެ. އަދި މަޖިލީހުގައި ޖަލްސާއެއް ބޭއްވޭ ވަރަށް ކޯރަމް ހަމަ ވަނީ 22 މެންބަރުން ވަޑައިގެންނެވުމުންނެވެ.

މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަވޭތޯ ތަކުރާރުކޮށް އަޅުގަނޑަށް ބަލައިލެވިއްޖެ. ކޯރަމް 11 ގެ ފަހުން ވެސް ޖަހައި ފަސް މިނެޓު ވެސް މިހާރު ހަމަވީ. އެހެންކަމުން އަޅުގަނޑު ގަސްތުކުރަނީ މިއަދުގެ ޖަލްސާ މިހާ ހިސާބުން ނިންމާލަން
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހަށް ބަހުސް ކުރުމެވެ.

ކޯރަމް ހަމަނުވެގެން ޖަލްސާ ކެންސަލް ކުރިއިރު, މަޖިލީހުގެ މެންބަރުންގެ އަދަދުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް 7 މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވައިގެން 19 ވަނަ މަޖިލީހުން އެ އިސްލާހު ފާސްކޮށްދިނުމަށް ރޮޒެއިނާ ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ވެސް މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުން ހުވާކުރުމަށް ބާއްވާ ޖަލްސާ 28 މެއި 2024 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިހާރު ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ 15 މެއި 2024 ގައެވެ. އަދި މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 މެއި 2024 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި