ކ. މާލެ
|
8 މެއި 2024 | ބުދަ 10:23
ކީލިއަން އެމްބާޕޭ
ކީލިއަން އެމްބާޕޭ
ޑެއިލީ މެއިލް
ޗެމްޕިއަންސް ލީގް
ފައިނަލަށް ނުދެވުނީ އަހަރެންނަށް ގޯލު ނުޖެހިގެން: އެމްބާޕޭ
 
ޕީއެސްޖީ ބަލިވީ 2-0އިން

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނުދެވި ޕީއެސްޖީ ކެޓީ އޭނާއަށް ގޯލު ނުޖެހިގެން ކަމަށް ފޯވަޑް ކީލިއަން އެމްބާޕޭ އެއްބަސްވެއްޖެ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ރޭ ޕީއެސްޖީ ބަލިވީ އަމިއްލަ ދަނޑުގައި ބޮރޫޝިޔާ ޑޯޓްމުންޑް އަތުން 1-0އިންނެވެ. މި މެޗުގައި އެމްބާޕޭ އާއި އެހެން ކުޅުންތެރިން ފޮނުވާލި ގިނަ ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އަހަރެންނަށް ގޯލު ނުޖެހިގެން މިދިޔައީ. ގޯލު ޖަހައި ޓީމު މޮޅުކޮށްދޭންޖެހޭ އެންމެ އިސް މީހަކީ އަހަރެން. އަހަރެންނަށް އެކަން ނުވި. ޓީމު މޮޅުވީމަ އެކަމުގެ ކްރެޑިޓް އަހަރެން ނަގާ ފަދައިން ނުވަތަ ލިބޭ ފަދައިން ޓީމު ބަލިވީމަ އެކަމަށް ވެސް އަހަރެން ޒިންމާވާން ޖެހޭނެ. އަހަރެން މައާފަށް އެދެން
ކީލިއަން އެމްބާޕޭ

އޭނާ ބުނީ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު ދެ މެޗުގައި 30 ބޯޅަ ގޯލަށް ފޮނުވާލެވުނު ކަމަށާއި ނަމަވެސް ގޯލެއް ނުޖެހުމަކީ ހަމައެކަނި ނަސީބު ނެތުން ނޫން ކަމަށެވެ.

އަހަރެން ނުބުނާނަން ހަމައެކަނި ނަސީބު ނެތީއޭ. އަހަރުމެން އެމީހުންނަށްވުރެ ހާއްސަކޮށް ބޮކްސްތެރޭގައި ރަނގަޅު ނޫނީ. އެމީހުންނަށް އަހަރުމެންގެ ގޯލާ ހަމައަށް އާދެވުނީ އެއް ފަހަރު ނޫނީ ދެ ފަހަރު. އެމީހުން ގޯލެއް ޖެހި. އެމީހުން އަހަރުމެންނަށްވުރެ މޮޅީ ކަމެއް އަހަރެންނަށް ޔަގީނެއްނޫން. އަހަރުމެން ޝޫޓްކޮށްކޮށް ގޯލެއް ނުޖެހުނު. އެހެންވީމާ މިއީ އަހަރުމެން ރަނގަޅު ނޫނީ
ކީލިއަން އެމްބާޕޭ

އޭނާ އަދި ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަކީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނެއް ކަމަށާއި އޭނާ ފަދައިން ޕީއެސްޖީގެ ކޮންމެ ކުޅުންތެރިއަކު ވެސް ރޭގެ މެޗު ކާމިޔާބު ކުރަން ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަަމަވެސް ފުޓްބޯޅައިގައި ކާމިޔާބު ލިބޭނީ ކޮންމެވެސް އެއްބަޔަކަށް ކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ވެސް އޭނާ ވާހަކަ ދެއްކިއެވެ. ފްރާންސްގެ ކެޕްޓަން ބުނީ ޕީއެސްޖީ އަށް އެޑްވާންޓޭޖް ލިބެންޖެހޭ ވަގުތުތަކުގައި އެކަމަށް ފުރުސަތު ލިބިފައިނުވި ނަމަވެސް، ބަލިވުމުން ރެފްރީ ކުށްވެރިކޮށްފައި ނިންމާލަން އޭނާ ބޭނުންނުވާ ކަމަށެވެ. ސަބަބަކީ މެޗުގެ ނަތީޖާ ކަނޑައަޅަނީ ރެފްރީކަމަށް ނުވާތީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް