ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 14:20
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ނޫސްވެރިކަމުގެ މިނިވަންކަން
ސަރުކާރާއި ރައީސަށް ފާޑުކިޔާނަމަ، "ރަނޑު ނުވެ" އެކަން ކުރުމަށް އެދިއްޖެ
އަމިއްލައަށް "ބްލެކް ލިސްޓު ކަމަށް ދެއްކެން" ވެސް ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ކަމަށް ވިދާޅުވި
ހަލީލު ވިދާޅުވީ، އަމިއްލައަށް ކޮން ބައެއްކަން ނޭނގޭގޮތަށް އެއްޗެހި ލިޔެ އުޅުމަކީ ރަނޑު ކަމެއް ކަމަށް

"ރަނޑު ނުވެ" ކެރިގެން ސަރުކާރާއި ރައީސަށް ފާޑުކިޔުމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު އެދިވަޑައިގެންފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހަލީލު ވިދާޅުވީ، އަމިއްލައަށް ކޮން ބައެއްކަން ނޭނގޭގޮތަށް އެއްޗެހި ލިޔެ އުޅުމަކީ ރަނޑު ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ކެރިގެން ނުކުމެ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ފާޑުކިޔަންވީކަމަށް ހަލީލް ވިދާޅުވިއެވެ.

އަޅުގަނޑަށް ތަންކޮޅެއް 'ރަނޑު' މި ބަސް ބޭނުންކުރެވެނީ ވެސް. ހަމަ ކެރިގެން ނުކުމެ ސަރުކާރަށް ފާޑުކިޔަންވީ ނޫންތޯ؟ ހަމަ ކެރިގެން ނުކުމެ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ފާޑުކިޔަންވީ ނޫންތޯ
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު

ހަލީލު ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރަސީގެ ކަންކަން ފެށިގެންދިޔައިރު ކާކުކަން ނޭނގޭ ގޮތަށް ހިންގާ ސައިޓުތައްވެސް ހުންނަ ކަމަށާއި، ނަމަވެސް މިއަދު ބޭނުން އެއްޗެއް ލިޔެ، ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭގެ އިތުރުން، މިހާރު މީޑިއާގެ ބްލެކްލިސްޓެއް ނޯންނާނެކަން ފާހަގަ ކުރައްވައި ހަލީލު އިތުރަށް ވިދާޅުވީ، އަމިއްލައަށް "ބްލެކް ލިސްޓު ކަމަށް ދެއްކެން" ވެސް ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ކަމަށެވެ.

ބްލެކްލިސްޓު ނުކުރީމަ ވެސް ތިމަންނާމެންނަކީ ބްލެކްލިސްޓޭ ކިޔާފަ ދައްކަން ވެސް ބައެއް މީޑިއާތަކުން މަސައްކަތް ކުރޭ
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު

ހަލީލް މިހެން ވިދާޅުވެފައިވަނީ ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ހުރަސްއެޅިކަން ބަޔާންކޮށް އިދިކޮޅު މައިޕާޓީ އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަދި ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން, ރަސްމީ އިދާރާތަައް މެދުވެރިކޮށް, ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އޭގެ އިތުރުން، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން ފަސްކޮށްފި
އެއް ސުވާލުކުރުމަށް ޝަރުތުކޮށް ހައުސިން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ
ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުން ރާއްޖެ 6 ދަރަޖަ ދަށަށް!
އާ މަޖިލިހާއެކު މީޑިއާތަކަށް ފައިސާ ދިނުމުގެ ކަންކަން ހަމަޖެހޭނެ، މިހާރު ވަނީ މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައި: ނައިބު ރައީސް
ނޫސްވެރިންނަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާދެއްވާނެތަ؟
ރާއްޖެޓީވީގެ ދުވަސް ދުއްވާލައި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
ފޯނު ނުވެއްދޭ މައްސަލައިގައި ހައްލު ހޯއްދަވާނެކަމަށް ވިދާޅުވުމަށްފަހު ފޯނު ނުވެއްދޭ ވާހަކަ ތަރުޖަމާނު ދޮގުކުރައްވައިފި