ކ. މާލެ
|
3 މެއި 2024 | ހުކުރު 14:23
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަށް ގޯތިތައް ދޫކުރަނީ
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަށް ގޯތިތައް ދޫކުރަނީ
ގޯތިދޫކުރުން
ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފި
 
ކުރީ ސަރުކާރުން ބިންވެރިޔާ ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރީ އޮގަސްޓު 13، 2023 ގައި
 
މިހާތަނަށް ހުޅުމާލެއިން 526 ގޯއްޗެއް ވެރިފަރާތާއި ހަވާލުކުރެވިފައިވޭ

ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 500ށް ވުރެ ގިނަ ގޯތި ދޫކޮށްފިއެވެ.

ބުރާސްފަތި ދުވަހު ގެދޮރުވެރިކަމާއި ބިިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލު ކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު 14 ގޯއްޗެއް އެގޯތީގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު 6 ގޯތި އަދި މިދިޔަ ބުރާސްފަތި ދުވަހު 8 ގޯތި ހަވާލުކޮށްފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.

ބިންވެރިޔާ ސްކީމް ދަށުން ހުޅުމާލެ ފޭސް 2 އިން 1380 ގޯތި ދޫކުރުމަށް ސޮއިކޮށްފައިވާއިރު، މިހާތަނަށް ހުޅުމާލެއިން 526 ގޯއްޗެއް ވެރިފަރާތާއި ހަވާލުކުރެވިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިިމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މިހާތަނަށް 500ށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސް ތެރޭގައި ހަވާލު ކުރަން ލާޒިމްވާ ބިމާ ބެހޭ ގާނޫނު 29 އޭޕްރިލް 2024ގައި ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކުރީ ސަރުކާރުން ބިންވެރިޔާ ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރީ އޮގަސްޓު 13، 2023 ގައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމާފައެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރިއެވެ.

ގެދޮރުވެރިކަމާއި ބިިމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ނަމަވެސް ހަވާލުނުކުރާ 303 މީހުން ތިބި ކަމަށާއި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި ބިން ލިބުނު ފަހުން 12 މީހަކު މަރުވި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ސަރުކާރުން ވަނީ ރަޖިސްޓްރީއާ ހަވާލު ނުވާ ފަރާތްތަކަށް އަލުން އެ ފުރުސަތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
ގިރާވަރުފަޅުން ގޯތި ލިބުނު 1913 މީހަކު ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުށަހަޅައިފި
މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަކީ ރައީސް މުއިއްޒުގެ ފިކުރެއް ނޫން: މެންބަރު ހުސައިން ޝަހީމް
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކުގެ ތާރު ކެނޑުމުގެ މަސައްކަތް ފަށައިފި