އަންހެން ފަނޑިޔާރުންގެ ހައްގުގައި ވަކާލާތު ކުރުމަށް ޓަކައި ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ހާއްސަ ގޮތްޕެއްގެ ގޮތުން "ވިމެންސް ވިންގް" ގެ ނަމުގައި ގޮތްޕެއް ހެދުމަށް ނިންމައިފިއެވެ.
މި ގޮތަށް ނިންމީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން އިންތިޒާމުކޮށްގެން މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ބޭއްވި މަހާސިންތާގައެވެ.
ރާއްޖޭގައި ބޭއްވި ދެވަނަ އަންހެން ފަނޑިޔާރުންގެ މަހާސިންތާގައި ވެސް އަންހެން ފަނޑިޔާރުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
އެގޮތުން މި ކޮންފަރެންސްގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކާ ގުޅިގެން ކޯޓުތަކުން އިންސާފު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ލިބުމުގައި އަދި ހޯދުމުގައި ދިމާވާ ދަތިތަކާ އެކަންކަން ހައްލުކުރެވިދާނެ ގޮތްތައް ހިމެނެއެވެ. އަދި، ހަޟާނާތާއި ފޮސްޓަރިންގ އާ ގުޅޭ ޝަރުއީ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން. މިގޮތުން، މި ކަންކަމާ ބެހޭ ގޮތުން ގާނޫނުތަކާއި ގަވާއިދުތަކާއި ކޯޓުތަކުގެ އުސޫލުތަކާއި ޕްރެކްޓިސްތަކަށް ގެނެވިދާނެ އިސްލާހުތަކާ ބެހޭ ގޮތުން ހައްލުތަކެއް ވަނީ ހުށަހެޅިފައެވެ.
މީގެއިތުރުން ބޭންގކޮކް ޖެނެރަލް ގައިޑްލައިންސް އެޑޮޕްޓް ކުރުމަށް ކުރެވިދާނެ ގޮތްތަކެއް ވެސް މި ކޮންފަރެންސްގައި ވަނީ ފާހަގަކޮށްފައެވެ.
މިކޮންފެރެސްގެ މަގްސަދުތަކުގެ ތެރޭގައި، ޝަރުޢީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް ބާރު އަޅައި، ފުރަތަމަ އަންހެން ފަނޑިޔާރުންގެ ކޮންފަރެންސަށް ފަހު ހޯދު ކާމިޔާބީތަކާއި ކުރިއެރުންތައް ދެނެގަތުން ހިމެނެއެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ އަންހެން ފަނޑިޔާރުންގެ ކޮންފަރެންސް އެއް ބޭއްވިފައިވަނީ 2023 ވަނަ އަހަރުއެވެ. އެއަހަރު ބޭއްވި ކޮންފަރެންސް ވެގެންދިޔައީ ޝަރުޢީ ދާއިރާގައި އަންހެނުންގެ ބައިވެރިވުމާއި ތަމްސީލު އިތުރުކުރުމަށް ޝަރުޢީ ދާއިރާއިން ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.
ދިވެހިރާއްޖޭގެ އަންހެން ފަނޑިޔާރުންގެ ދެ ވަނަ މަހާސިންތާއަކީ ޖުޑީޝަލް ސަރވިސް ކޮމިޝާނައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްނެގުމުގެ މަތިން، ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޮފީސް އޮފް އޯވަރސީސް ޕްރޮސެކިޔުޓަރަލް ޑިވެލޮޕްމަންޓް އެސިސްޓެންސް، އެންޑް ޓްރެއިނިންގ އަދި ޔޫއެންޑީޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު ކުރިޔަށްގެންދިޔަ ކޮންފަރެންސެކެވެ.