Advertisement
ކ. މާލެ
|
1 މެއި 2024 | ބުދަ 20:24
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް
މަސްތުވާތަކެތި ބޭނުންކުރާކަމަށް އެ މީހާ ވަނީ އިއުތިރާފްވެފައި

މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް ހައްޔަރުކުރި މީހަކު ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ބަންދުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ބުދަ ދުވަހު ކްރިމިނަލް ކޯޓުން ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.

އެ މީހާ ބަންދުކުރަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. އަދި އޭނާގެ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހެކީގެ ނިސްބަތަށް ބަލާއިރު، ކުށުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އޭނާއާ ގުޅުންހުރި ކޮޓަރިއަކުން ޓްރެފިކިންގ މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ އިރު، މަސްތުވާތަކެތި ބޭނުންކުރާކަމަށް އެ މީހާ ވަނީ އިއުތިރާފްވެފައިވާ ކަމަށެވެ.

Advertisement

އަދި ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ބ) ގެ ދަށުން، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީއެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހަލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މައްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ.

މި މައްސަލައިގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އޭނާ ކޯޓުގައި ބުނެފައިވަނީ ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ދޮންބައްޕަގެ މަސްތުވާތަކެތި ކަމަށާއި، އެއީ އޭނާގެ އެއްޗެއް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް