ކ. މާލެ
|
1 މެއި 2024 | ބުދަ 09:59
ރެއާލާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގައި ތޯމަސް ޓުޗެލް
ރެއާލާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގައި ތޯމަސް ޓުޗެލް
ރޮއިޓާސް
ބަޔާން މިއުނިކް
ދެ ވަނަ ލެގުން މޮޅުވެ، ފައިނަލަށް ދެވޭނެކަމުގެ ޔަގީންކަން ޓުޗެލް އަށް އެބައޮތް!
 
މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ، އަދި ވެސް މިއީ 50-50 ގެ މެޗެއް ކަމަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުން މޮޅުވެ، މުބާރާތުގެ ފައިނަލަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާންގެ އަމިއްލަ ދަނޑު، އަލިއާންޒް އެރީނާގައި ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ރެއާލް މެޑްރިޑުން ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބަޔާނުން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެެ. ނަމަވެސް މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް، ރެއާލުންް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ، އަދި ވެސް މިއީ 50-50 ގެ މެޗެއް ކަމަށެވެ. އަދި، ރެއާލްގެ ސަންޓިއާގޯ ބާނަބައުގައި ކުޅޭ ދެ ވަނަ ލެގުން މޮޅުވެ، ބަޔާން މުބާރާތުގެ ފައިނަލަށް ދާނެކަމުގެ ޔަގީކަން އޭނާ އަށް އޮތް ކަމަށް ވެސް ޓުޗެލް ބުންޏެވެ. ޓުޗެލް ބުނީ، މެޗުގައި ބަޔާންގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، ޚާއްސަކޮށް ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ކަމަށެވެ. އެހެން ނަމަވެސް، ބަޔާނަށް ލިބުނު ފުރުސަތުތައް އެންމެ ރަނގަޅު ގޮތުގައި ނިންމާ ނުލެވުމުގެ ގެއްލުން ދެއްކީ ކަމަށް އޭނާ ބުންޏެވެ.

ރެއާލާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ބަޔާނަށް ކުޅެމުން އަންނަ ސާޖް ގްނަބަރީ ލަނޑު ޖަހާނެ ކަމުގެ ބޮޑު އުންމީދެއް އޮތް ކަމަށް، އެ މެޗުގެ ކުރިން ޓުޗެލް އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް، އެ މެޗުގައި އޭނާ އަށް ލަނޑު ޖެހިފައި ނުވާތީ، ނޫސްވެރިން ވަނީ އެ ސުވާލު ވެސް ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން ޓުޗެލް ބުނީ، އަދި ނިމުނީ މެޗުގެ ފުރަތަމަ ހާފު ކަމަށާއި، ދެ ވަނަ ހާފު އޮތީ ރެއާލްގެ ދަނޑުގައި ކަމަށެވެ. އެ ހާފުގައި ގްނަބްރީ ލަނޑު ޖަހާނެ ކަމަށް ޓުޗެލް ބުންޏެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. ރެއާލްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މެއި މަހުގެ އަށް ވަނަ ދުވަހުގެރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. ވެމްބްލީ ސްޓޭޑިއަމްގައި އޮންނަ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ލިބޭނީ، އެ މެޗުން މޮޅުވާ ޓީމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް