ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 14:17
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް
އަދަދު
ގެދޮރުވެރިޔާގެ ފްލެޓްތައް
ފްލެޓުތަކުގެ މަސައްކަތް ނުނިމޭ، އެމަސައްކަތް ނިމޭއިރު ފެލެޓު ކޮމެޓީގެ މަސައްކަތް ވެސް ނިންމާ ހައްގުވެރިންނަށް ފްލެޓުތައް ދޫކުރާނެ: ހީނާ
 
ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ވަނީ ހަމަވެފައި
 
އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ބުނޭ
 
ފްލެޓު ކޮމެޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ސަރުކާރުން ބުނޭ

ގެދޮރުވެރިޔާގެ ފްލެޓުތަކުގެ މަސައްކަތް ނުނިމޭ ކަމަށާއި، އެ މަސައްކަތް ނިމޭއިރު، ފެލެޓު ކޮމެޓީގެ މަސައްކަތްތައް ނިމި ހައްގުވެރިންނަށް ފްލެޓުތައް ދޫކުރެވޭނެ ކަމަށް ރައީސް އޮފީހުގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ފްލެޓު ކޮމެޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އުންމީދު ކުރަނީ އެ މަސައްކަތް ވީހާވެސް އަވަހަށް ނިމި ހައްގުވެރިންނަށް ފްލެޓު ލިބޭނެ ގޮތް ވެގެންދިޔުން ކަމަށެވެ.

ހީނާ ވިދާޅުވީ ފްލެޓުގެ ލިސްޓުގައި ގިނަ މައްސަލަތަކެއްހުރި އޭސީސީން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފްލެޓު ކޮމެޓީ އެ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު، ފްލެޓުތަކުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ނިމޭއިރު، މި މައްސަލަތައް ވެސް ތަހުގީގުކޮށް ނިމި ފްލެޓުގެ ހައްގުވެރިންނަށް ފްލެޓުތައް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ އޭސީސީން ހުށަހަޅާފައި ހުރި ކަންތައްތަކުގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތަކެއް އަނެއް ފާހަގަކުރެވުނު. އެހެންވީމަ ފްލެޓުތަކުގެ މަސައްކަތެއް އަދި ނުނިމޭ. ނަމަވެސް ފްލެޓުތައް ނިމެންވާއިރަށް ހަގީގަތުގައި އަޅުގަނޑުމެން މި އުންމީދުކުރަނީ އެފްލެޓުތަކުގެ ފްލެޓު ކޮމެޓީގެ ޑިސިޝަންތައް ނިމި އެހައްގުވެރި ފަރާތްތަކަށް އެ ފްލެޓުތައް ހަވާލުކުރެވިގެންދާނެ ކަމަށް
ހީނާ ވަލީދު / ރައީސް އޮފީހުގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމަށް އެދި ހުށަހެޅި މީހުންގެ ތެރޭން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓު ދޭން ނިންމިއެވެ. ފުލެޓުތަކަށް އެދި ހުށަހެޅި 20،697 މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ވަނީ ހަމަވެފައެވެ. ޝަރުތު ހަމަވި މީހުންގެ ތެރެއިން ފުރަތަމަ 4000 ފުލެޓު ލިބޭ މީހުންގެ ގޮތުގައި މިދިޔަ ސަރުކާރުން ކަނޑައެޅީ، ތިން ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76ށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނެވެ. އަދި ދެ ކޮޓަރީގެ އެޕާޓުމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73ށްވުރެ މަތިން ޕޮއިންޓު ލިބުނު މީހުންނަށެވެ.

ނަމަވެސް ފްލެޓު ލިސްޓުގައި މައްސަލަ އުޅޭކަމަށް ބުނެ، މި މައްސަލަ އޭސީސީން ތަހުގީގުކުރިއެވެ. އެގޮތުން އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ. މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް ހަވާލުކޮށްފައިވާއިރު، މި މަސައްކަތްތައް އެ މިނިސްޓްރީން ކުރިއަކަށް ނުގެންދެއެވެ. އަދި މިހާރު ސަރުކާރުން ވަނީ ފްލެޓް ލިސްޓު ބަލާ ކޮމިޓީއެއް އުފައްދާފައެވެ. ފްލެޓުތައް ދޫކުރަމުންދާނީ އެ ކޮމެޓީން މައްސަލަ ބެލުމުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް