ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 16:49
ނައްތާލަން ބޭނުންވެފައިވާ މުސްހަފްތަކާއި ދީނީ ފޮތްތައް ބަލައިގަންނަނީ
ނައްތާލަން ބޭނުންވެފައިވާ މުސްހަފްތަކާއި ދީނީ ފޮތްތައް ބަލައިގަންނަނީ
މާލެ ސިޓީ ކައުންސިލް
ނައްތާލަން ބޭނުންވާ މުސްހަފުތަކާއި ދީނީ ފޮތްތައް
ނައްތާލަން ބޭނުންވާ މުޞްޙަފުތަކާއި ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަނީ
 
މިތަކެތި ސިޓީ ކައުންސިލަށް ބަލައިގަތުމުގެ އިންތިޒާމު އޭޕްރީލް 27ން މެއި 2ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9ން ހަވީރު 4ށް ހަމަޖެހިފައިވޭ

މާލޭސިޓީގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުޞްޙަފުތަކާއި ޤުރުއާނުގެ އާޔަތް، ޙަދީޘް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް މާލެ ސިޓީ ކައުންސިލުން ބަލައިގަންނަން ފަށައިފިއެވެ.

މާލެ ސަރަހައްދުގެ ގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ހަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު 2 ފަހަރު ގޭގެއިން ގެންގޮސް މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން މިއަހަރު ފުރަތަމަ ފަހަރު ގޭގެއިން ގެންދާ އެފަދަ ތަކެތި ސިޓީ ކައުންސިލަށް ބަލައިގަތުމުގެ އިންތިޒާމު އޭޕްރީލް 27ން މެއި 2ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9ން ހަވީރު 4ށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން މިތަކެތި ބަލައިގަންނާނީ މާލެއިން ޢާއްމު ޚިދުމަތްތަކާބެހޭ ބައި، ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަނުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް