ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 12:17
މެޗުން މޮޅުވުމުން ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުން މޮޅުވުމުން ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ރޮއިޓާސް
އިޓާލިއަން ކަޕް
ލާޒިއޯގެ މައްޗަށް ކުރި ހޯދައި، އިޓާލިއަން ކަޕްގެ ފައިނަލަށް ޔުވެންޓަސް
ޔުވެންޓަސް ކުރި ހޯދީ އެގްރިގޭޓް ނަތީޖާ 3-2 އިން

އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގައި ލާޒިއޯގެ މައްޗަށް ކުރި ހޯދައި، ޔުވެންޓަސް އިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ލާޒިއޯގެ މައްޗަށް ޔުވެންޓަސް އިން ކުރި ހޯދީ އެގްރިގޭޓް ނަތީޖާއިންނެވެ. މި ދެ ޓީމު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގު ޔުވެންޓަސް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. ނަމަވެސް ލާޒިއޯގެ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ޔުވެންޓަސް ވަނީ 2-1 އިން ބަލިވެފަ އެވެ. އެގްރިގޭޓް ނަތީޖާ އަށް ބަލާއިރު، ޔުވެންޓަސް ކުރި ހޯދަނީ 3-2 އިންނެވެ.

މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ލާޒިއޯ އިންނެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ ވެލަންޓިން ކަސްޓެލާނޮސް އެވެ. މެޗުގައި ލާޒިއޯގެ ދެ ވަނަ ލަނޑު އޭނާ ޖެހީ، ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގަ އެވެ. ލާޒިއޯގެ ދެ ވަނަ ލަނޑާއެކު އެގްރިގޭޓް ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް، ޔުވެންޓަސް އިން ވަނީ 83 ވަނަ މިނެޓުގައި ލަނޑު ޖަަހައިގެން ކުރި ހޯދައިފަ އެވެ. އެ ޓީމަށް ކުރި ހޯދައިދިނީ އާކަޑިއުޒް މިލިޗް އެވެ.

އިޓާލިއަން ކަޕްގެ ފައިނަލްގައި ޔުވެންޓަސް ނިކުންނާނީ ފިއޮރެންޓީނާ އަދި އެޓަލަންޓާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

- ކޮމެންޓް