ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 14:34
އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފު
އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފު
ރާއްޖެއެމްވީ
މިރުޒާގެ މަރުގެ މައްސަލަ
މިރުޒާގެ ވާރިސުންގެ މައާފާއެކު މަރުގެ އަދަބުން ސަލާމަތްވި ނަޒީފަށް ޤާނޫނީ އަދަބު ދިނުމުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
 
އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދިފާއީ ވަކީލުގެ އެދިލެއްވުމުގެ މަތިން
 
ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފައިވާތީ އޭނާ މަރުގެ އަދަބުން ވަނީ ސަލާމަތްވެފައި

ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގެ ކުށް ސާބިތުވެފައިވާ ޏ. ފުވައްމުލަކު، ޒާވިޔާ، އަބްދުﷲ ނަޒީފް ގެ މައްޗަށް ޤާނޫނީ އަދަބު ކަނޑައެޅުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައިވާ މައްސަލައިގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުދަ ދުވަހުގެ ހެނދުނު 09:15 އަށެވެ. އެއީ މައްސަލައިގެ ދެވަަނަ އަޑުއެހުމެވެ.

އެހެންނަމަވެސް އަޑުއެހުން ކެންސަލް ކޮށްފައިވަނީ ދިފާއީ ވަކީލުގެ އެދިލެއްވުމުގެ މަތިންނެވެ.

އަހުމަދު މިރުޒާ އިބްރާހީމް މަރާލި މައްސަލައިގައި އަބްދުﷲ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފައިވާތީ އޭނާ މަރުގެ އަދަބުން ވަނީ ސަލާމަތްވެފައެވެ.

ސުޕްރީމް ކޯޓުގައިމި މައްސަލަ ކުރިއަށް ދިޔައިރު މިރުޒާގެ ބައްޕަ ވަނީ ނަޒީފަށް މާފު ދިނީ އިލްމުވެރިންގެ ލަފާވެސް ހޯދާފައި ކަމަށާއި، ނަޒީފް މާފަށް އެދުނުކަންވެސް ހިއްސާކޮށްފައެވެ. އަދި އޭނާ މާފަށް އެދޭނީ އޭނާ ކުރި ކަމަކަށް ވުމުގައިކަން ޤަބޫލު ކުރެވޭކަމަށް އެ އަޑުއެހުމުގައި ވާހަކަ ދައްކަމުން މިރުޒާގެ ބައްޕަ ބުންޏެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެހެންނަމަވެސް، މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ފަހުން ބުނެފައިވާތީ ޤާނޫނީ އަދަބެއް ދިނުމަށްޓަކައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން 1 ޖޫން 2023 ގައި ވަނީ ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެ ނިންމުމާއި ގުޅިގެން، ހައިކޯޓުގައި ހުށަހެޅިފައިވާ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސް، އެ މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ މިއީ ހައިކޯޓުގައި މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ގަޒިއްޔާއެއްކަމަށް ނުވާތީ، ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ނަޒީފުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި މި މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމަށް ނިންމަވާފައެވެ.

އެގޮތުގެ މަތިން މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އޭނާގެ ފަރާތުން ވަނީ ވަކީލަކާއެކު ކުރިއަށް ދާން ބޭނުންވާކަމަށް ބުނެފައެވެ. އެހެންކަމުން ކޯޓުން އޭރު ވަނީ އެ ފުރުސަތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
ތިމާވެއްޓަށް އަސަރުކޮށްގެން މަޝްރޫއެއް ހުއްޓާލާ ޙާލަތުގައި ބަދަލުދޭން ނުޖެހޭ ފަދަ މާއްދާއެއް ދައުލަތުން ހިމަނަންޖެހޭ: ހުސްނުއްސުއޫދު
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ނިއުޕޯޓް ހިންގި ބިން ސަރުކާރުން އަތުލީ ރަނގަޅަށްކަމަށް ސްޕްރީމް ކޯޓުންވެސް ނިންމައިފި
ސުޕްރީމް ކޯޓުގެ އެސްޖީ މަގާމުން ވަކިކުރި މައްސަލައިގައި ބަދަލުދޭން އެންގި އެންގުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ސުޕްރީމް ކޯޓުގެ ޙުކުމާއެކު އީސީންވެސް ޝިޔާމްގެ ނަން އުނިކޮށް އަލުން ލިސްޓު ނެރެފި
ސާބިތު ދަރަންޏެއް އޮތުމުން ހަސަން ޝިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި