ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 13:31
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު
ރާއްޖެއެމްވީ
ރައީސް މުއިއްޒުގެ ސިޔާސަތުތައް
މުއިއްޒުގެ އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާނެ: ސާލިހު
 
ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެތައް އިތުރުފުޅު ހެއްދެވި

ރައީސް ޑރ. މުއިއްޒު އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕެއިން ކުރައްވަން ތ. ކިނބިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހު ވިދާޅުވީ، މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އެތައް އިތުރުފުޅު ހެއްދެވި ކަމަށެވެ.

އަދި ރައީސް މުއިއްޒު އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރު ކުރައްވަމުން ގެންދަވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދޮގާއި އޮޅުވާލުމާއި މީހުންނަށް މަކަރު ހެދުމާ، މިކަންކަމުގެ ތެރެއިން ތެރެއިން ވަޑައިގެންނެވީ
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު

ރައީސް ސާލިހު ވިދާޅުވީ މިހާރުވެސް ރަށްރަށުން އެ މަންޒަރު ފެންނަމުންދާކަމަށެވެ. އެގޮތުން ހިތު ހުރިހާ ގޮތަކަށް މީހުން ވަޒީފާތަކުން ކެނޑުމާއި، ނުފޫޒުގެ ބޭނުންކޮށްގެން ކެމްޕޭނަށް މުވައްޒަފުން ބޭނުން ކުރުން ފަދަ ކަންކަން މިހާރުވެސް ހިނގަމުންދާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު ވިސްނަންޖެހޭ ކަންކަން ހުރިކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ