ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 13:11
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީ
ގައުމުގެ ވެރިޔާއަށް ފިޔަވަޅު އެޅުން
ގައުމުގެ ވެރިޔާއާމެދު ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގައުމުގެ ހާލަތު ވަނީ ގޮސްފައި: ރައީސް ސާލިހު
 
ހަމަމަގަށް އެޅުވުމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭ
 
ވަޒީރުންނާއި ސުވާލުކޮށް، މަގާމުން ވަކި ކުރަންޖެހިއްޖެ ހާލަތުގައި އެކަންވެސް މަތިކޮށްފައިވޭ
 
ގާނޫނު އަސާސީގައި ރައްޔިތުން މަޖިލީހުގެ ދައުރު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ

ގައުމުގެ ވެރިޔާއާމެދު ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

އާދިއްތަ ދުވަހުގެ ރޭ ތިމަރަފުށީގައި ބޭއްވި އެމްޑީޕީ ކެމްޕެއިން މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަންކަން ކުރަންވީ ގޮތް ވަރަށް ސާފުކޮށްފައިވާ ބަޔާންކޮށްފައިވާ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުން މަޖިލީހުގެ ދައުރު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ބަޖެޓު ފާސްކުރުމާއި، ގާނޫނުތައް ހެދުމާއި، ވަޒީރުންނާއި ދޭތެރޭގައި ސުވާލުކޮށް މަގާމުން ވަކި ކުރަންޖެހިއްޖެ ހާލަތުގައި އެކަންވެސް މަތިކޮށްފައިވާ ކަމަށާއި، ވެރިއަކަށް ހުންނަ ބޭފުޅަކާއި މެދު ވެސް އެފިޔަވަޅު އަޅަންޖެހޭ ހާލަތުގައި މަޖިލީހުން އެކަން ކުރަންޖެހޭ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު އެފަދަ ހާލަތެއް ކުރިމަތިވެފައިވާ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގައި ތިއްބެވި ބޭފުޅުން ހައްދަވަމުން ގެންދަވާ ދޮގުތަކާއި، އޮޅުވާލުންތައް ބަލަންޖެހޭ ކަމަށެވެ.

ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ރައްޔިތުން މަޖިލީހުގެ ދައުރު އެބައޮތް. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ބަޖެޓު ފާސްކުރުން، ގާނޫނުތައް ހެދުން އެބައޮތް އަދި ވަޒީރުންނާއި ދޭތެރޭގައި ސުވާލުކޮށް މަގާމުން ވަކި ކުރަންޖެހިއްޖެ ހާލަތުގައި އެކަން ކުރުންވެސް އޮބައޮތް. އަދި އޭގެ އިތުރުން ވެރިއަކަށް ހުންނަ މީހަކާއި ދޭތެރޭގައި ވެސް އެފަދަ ކަމެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރުމުގެ ފުރުސަތު އެބައޮތް. އެކަން ގާނޫނު އަސާސީގައި ލިޔެފައި އެއޮތީ މިފަދަ ވަގުތެއް އަތުވެދާނެ ކަމަށްޓަކައި. މިއަދު މިއޮތީ އެވަގުތު އައިސް ޖެހިފައި. ވެރިކަމުގައި ތިއްބެވި ބޭފުޅުން އެ ހައްދަވަމުން ގެންދަވާ ދޮގާއި އޮޅުވާލުންތަކުގެ ސަބަބުން މަޖިލީހުގެ ތެރެއިން ފިޔަވައަޅު އަޅަންޖެހޭ ހިސާބަށް މިއަދު ހިނގައްޖެ.
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ސާލިހު ވިދާޅުވީ ގައުމު ހަމަމަގުން ނެއްޓިފައިވާ ކަމަށާއި، ހަމަމަގަށް އެޅުވުމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭ ކަމަށެވެ. އެހެން ނޫން ކަމަށްވާނަމަ މިގައުމު ބިރުވެރި ހާލަތަށް ވެއްޓޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް