ކ. މާލެ
|
12 އޭޕްރިލް 2024 | ހުކުރު 12:41
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.ޑީޑީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.ޑީޑީ
އައްޑޫގެ ތަރައްޤީ
އައްޑޫ އަށް ދެމެހެއްޓެެނިވި ތަރައްޤީ ގެނެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ - ޑރ.ޑީޑީ
 
އައްޑޫގެ ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަަމަށް ޑރ.ދީދީ ވިދާޅުވި

އައްޑޫ އަށް ދެމެހެއްޓެެނިވި ތަރައްޤީ ގެނެވޭނެ ހަމައެކަނި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ޑރ. ދީދީ ވިދާޅުވީ އައްޑޫ އަށް ދެމެހެއްޓެނެވި ތަރައްޤީ ގެނައުމަށް މަސައްކަތް ކުރެއްވި ރައީސަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށެވެ. އަދި އެމަނިކުފާނު ގެނެސްދެއްވި ތަރައްޤީ ކުރިއަށް ގެންދެވޭނީ އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ހޯދައި ދިނުމުން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަންތަކުގައި އައްޑޫ އަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަން ތާރީހަށް ބަލާލުމުން އެނގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް އައްޑޫ ބަދަލުކޮށްލާ ފަދަ ތަރައްޤީގެ މަޝްރޫޢުތަކެއް ގެނައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރު ކެންޑިޑޭޓުން ތިބެގެން ނޫނީ އައްޑޫ އަށް ކުރިއެރުން ނުލިބޭނެ ކަމަށް ބުނާ ބުނުމަކީ ޤަބޫލުކުރެވޭ ވާހަކަ އެއް ނޫން ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ. އައްޑޫ އަށް ބޭނުންވާ ކަންކަން ފުރިހަމަކުރެވޭނީ ޖަވާބުދާރީކުރުވޭނެ ފަދަ ބަޔަކު މަޖިލީހަށް އައްޔަންކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ކުރާ ކަމަކީ ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތައް ނިމުމުން ރިބަން ފަށް ކެނޑުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައްޑޫ އަކީ ހޭލުންތެރި ބަޔަކު ތިބި ތަނެއް ކަަމަށާއި އެފަދަ ކަންކަން އައްޑޫގެ ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަަމަށް ޑރ.ދީދީ ވިދާޅުވިއެވެ.

ޑރ. ދީދީގެ ވާހަކައިގައި ވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެމްޑީޕީގެ ތާރީހަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމްޑީޕީ އާއި އައްޑޫއާ ވަނީ ގުޅިފައި ކަމަށާއި އެކަން އެމްޑީޕީގެ ތާރީހުން ފެންނަން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ތާރީހުގެ ފޮޓޯތަކުން ފެންނަން އޮތް ކަމަކީ އައްޑޫ އިން އެމްޑީޕީގައި އަދާކުރި މުހިންމު ދައުރުކަމަށް ވެސް ޑރ.ދީދީ ވިދާޅުވިއެވެ. ޑރ.ދީދީ ވަނީ އެމްޑީޕީގެ 5 ރައީސުންގެ ތެރެއިން 2 ރައީސުންނަކީ އައްޑޫ އަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި އެކަމުން ވެސް އައްޑޫ އިން އެމްޑީޕީގައި އަދާކުރާ މުހިންމު ދައުރު އެނގިގެންދާ ކަމަށް ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތުކަމަށް ގަބޫލެއް ނުކުރަން: ފައްޔާޒު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުން - އެމްޑީޕީ