ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 22:27
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒު ލ އަތޮޅަށް
ގިނަ މަޝްރޫއުތައް ފެށޭވަރުވާނީ އަހަރުގެ ފަހުކޮޅު: ރައީސް
 
ބޮޑެތި ނޫން މަޝްރޫއުތައް ހުންނާނީ މިހާރު ގިނަ ރަށްތަކުގައި ފެށިފައި ކަމަށް ރައީސް ވިދާޅުވި

ބަޖެޓްގައި ހުރި ގިނަ މަޝްރޫއުތައް ފެށިގެންދާނީ މިއަހަރުގެ ފަހު ކުއާރޓާގައި ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެއެވެ.

ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. މާވަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މަޖިލީހުން ފާސްކުރި ބަޖެޓްގައި މަޝްރޫއުތަކަށް ހުރީ އެކިވަރަށް ކުދިކުދި އަދަދުތަކުން ފައިސާ ޖަހާފައި ކަމަށެވެ. އެހެންނަމަވެސް، ބެލީ ފެށެންހުރި މަޝްރޫއުތައް، މިދިޔަ ހަތަރު ފަސްމަސް ތެރޭގައިވެސް ކޮންޓްރެކްޓަރުންނާ ހަވާލުކުރެވޭތޯ ކަމަށް ރައީސް ވިދާޅުވިއެވެ. މާ ބޮޑެތި ނޫން މަޝްރޫއުތައް ހުންނާނީ މިހާރު ގިނަ ރަށްތަކުގައި ފެށިފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ބޮޑެތި މަޝްރޫއުތައް؛ ބިން ހިއްކުން، ބަނދަރު ހެދުން، މަގުހެދުން މި ބަލަނީ. މިހާރު އަހަރު މެދަށް މިދަނީ. ޖޫން، ޖުލައި ހިސާބުގަ މިކަހަލަ (މި ސްކޭލްގެ) މަޝްރޫއުތައް ރަށްރަށުގަ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި އަހަރުވެސް، މިހާރުވެސް، މި އެޕްރީލް މަހުވެސް އަޅުގަނޑުމެން ފަށާނަން. އަދި ދެން އަންނަ މަހު އެއަށްވުރެ ގިނައިން. އެގޮތަށް ބަހާލައިގެން، މި ދަންނަވާ 50 މިލިއަނުން މަތީގެ ޚަރަދު ހިނގާ މަޝްރޫއުތައް ޖުމްލަކޮށް ފެށިގެންދާނެ. ގިނަ މަޝްރޫއުތައް. ދެން އިރާދަކުރެއްވިއްޔާ އާމްދަނީ މެނޭޖްކޮށްގެން، ބާކީ ފަހު ކުއާރޓަރަށް ދާއިރުގަ ދެންހުރި ގިނަ މަޝްރޫއުތައް (ބަޖެޓުގަ ހުރި މަޝްރޫއުތައް) ފަށާނީ.
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ރައީސް މި މޭރުމުން ވާހަކަފުޅުދައްކަވަމުން އަންނައިރު، ބަޖެޓްގައި މަޝްރޫއުތައް ޖަހާފައި ހުންނަނީ ކޮންމެ އަހަރަކުވެސް ވަކިވަރަކަށެވެ. މުޅި މަޝްރޫއަށް ވާވަރަށް އެއްވެސް އަހަރެއްގައި ބަޖެޓް ފާސްކުރާއިރު ބަޖެޓްގައި ޖަހާފައެއް ނުހުރެއެވެ. ބަޖެޓްގައި ފައިސާ ނުހިމަނައިގެން މަޝްރޫއުތައް ނުފެށޭކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު، ގިނަ ރަށްރަށުގައި މިދިޔަ ސަރުކާރުން ހިންގަމުންދިޔަ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލަމުންދާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ. އަދި މި ސަރުކާރުން އަލަށް ފެށި މަޝްރޫއެއް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ނޫނީ ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެ މަޝްރޫއުވެސް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް