ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 12:23
ރައީސް ލ އަތޮޅަށް ފުރާވަޑައިގެންނެވުން
ރައީސް ލ އަތޮޅަށް ފުރާވަޑައިގެންނެވުން
ރައީސް އޮފީސް
ރައީސް ލ އަތޮޅަށް
ރައީސް ލ އަތޮޅަށް، ރައީސް އޮފީހުން ބުނީ ރަސްމީ ދަތުރުފުޅެއްކަމަށް
 
ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި ބައްދަލު ކުރައްވާނެ
 
އޭޕްރީލް 12 ގައި ނުރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސް ފުރާވަޑައިގެންނެވީ ރަސްމީ ދަތުރުފުޅަކަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ހައްދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅަށްފަހު، އޭޕްރީލް 12ވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި