ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ހީ ނުކުރާ ވަރުގެ މަކަރުވެރި އެއް ކަމަށާއި ޑރ. މުހައްމަދު މުއިއްޒު އަކީ އިޚުލާސްތެރި އެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވަނީ ރައީސް މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މުއިއްޒު އަކީ ދޮގާއި މަކަރާއި އޮޅުވާލައިގެން ކަންކަން ކުރައްވާ ބޭފުޅެއްކަން ސިޔާސީ އެންމެހާ ބޭފުޅުންނަށް ވެސް އެނގިލައްވާނެ ކަމަށެވެ. އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރަށް މެޖޯރިޓީ ދީގެން ނުވާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އެއް ލިބިއްޖެ ނަމަ ރައީސް މުއިއްޒު ކަންކަން ކުރައްވާނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެގެންދާނެ ކަމަށެވެ.
ހުދުމުހުތާރު ވެރިކަމެއް މި ރާއްޖޭގައި ކުރާނީ. އެއްވެ އުޅުމުގެ މިނިވަން ކަމެއް ނޮއޮންނާނެ. ދެ މީހަކު އެއްވެ އެއްޗެއް ބުނުމުގެ ފުރުސަތެއް ވެސް ނުލިބޭނެ. ވަރަށް ބިރުވެރި ހާލަތަކަށް ވެއްޓޭނެ މި ރާއްޖެއާޒިމް
އާޒިމް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވެރިކަމަށް އައުމަށްޓަކާ ވީ ވައުދުތައް މި ސަރުކާރުން ފުއްދަމުން ނުދާތީ އެކަމާއި މެދު އާއްމުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ މި ސަރުކާރުން އާއްމުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަަމަށެވެ. އަދި ސިޔާސީ މަޤާމުތައް ބަހަމުންދާ ކަމަށާއި ކަންކަން ހިންގުމުގައި މިހާ ނާޤާބިލު ސަރުކާރެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.