Advertisement
ކ. މާލެ
|
26 މާރޗް 2024 | އަންގާރަ 05:27
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް
މަޖިލިސް އިންތިޚާބު 2024
މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ފާއިތުވި 18 ވަރަކަށް އަހަރު ދުވަހު ހައްގުތައް ހޯދަން ކުރި މަސައްކަތް އަލުން ކުރަން ޖެހިދާނެ - ފަލާހް
އެސްއޯއީތައް މެދުވެރިކޮށް އެހެން ކެނޑިޑޭޓުންގެ ހައްގުތަށް ގެއްލޭގޮތަށް ސަރުކާރުން އަމަލުކުރަމުން ދާ ކަމަށް ފަލާހު ވަނީ ވިދާޅުވެފަ
ފަލާހު ވަނީ އެމްޑީޕީ އަކީ މިހާތަނަށް މަޖިލީހުގައި ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ޕާޓީއެއްކަމަށް ފާހަގަކުރައްވާފަ

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދީފި ނަމަ ފާއިތުވި 18 ވަރަކަށް އަހަރު ދުވަހު ދިވެހިން ހައްގުތައް ހޯދަން ކުރި މަސައްކަތް އަލުން ކުރަން ޖެހިދާނެ ކަމަށް މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ފަލާހް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ކަންކަން ކުރާނީ ޚުދުމުހުތާރުކޮށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އަސާސީ ހައްގުތަށް ހޯދަން އަނެއްކާވެސް އަލުން މަސައްކަތް ކުރަން ޖެހޭ ފަދަ ދަނޑިވަޅެއް އަތުވެދާނެ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. އެކަން އެގޮތަށް ހިނގާފާނެ ކަމުގެ އެއް ހެއްކަކީ މިހާރުވެސް އެސްއޯއީތައް މެދުވެރިކޮށް އެހެން ކެނޑިޑޭޓުންގެ ހައްގުތަކަށް އަރައިގަންނަ ގޮތަށް ސަރުކާރުން ދަނީ އަމަލުކުރަމުން ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

Advertisement

މަޖިލިސް އިންތިޚާބަށް ކެމްޕެއިން ކުރާ ކެނޑިޑޭޓުންނަށް ހަމަ ހަމަ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުގެ އެސްއޯއީތަކުން މަސައްކަތް ކުރާ ކަމަށް ފާހަގަކުރައްވާ ފަލާހު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މުވައްޒަފުން ލައްވާ ސިޔާސީ ކަންކަން ކުރުވަމުންދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކެމްޕެއިން ފެށުމާއި އެކު މިފްކޯ އިން ކެނޑިޑޭޓުންނަށް މަސްދަޅު ދިނުމަށް ފަހު ކުންފުނީގެ އެކައުންޓުން ޓްވީޓް ކުރުން ފަދަ ކަންކަން ދިމާވި ކަމަށް ފަލާހް ވިދާޅުވިއެވެ.

ސްޓެލްކޯގ ވިޔަސް ފެނަކަ ވިޔަސް އެމްޕީއެލް ވިޔަސް އެ މަންޒަރު ފެނޭ. ސްޓެލްކޯގައި އިހަކަށް ދުވަހު އަޅުގަނޑު ހުޅުވާލި އިރު ނޫހަކުން ފެންނަނީ ޕީޕީއެމް ޕީއެންސީގެ މެމްބަރުން ހޮވޭކަހަލަ ގޮތަކަށް ސްޓެލްކޯ ތެރޭގަ މަސައްކަތް ކުރަން އެދެނީ. އެއީ ކުރެވޭނެ ކަމެއް ނޫން. ކުރެވިގެން ވާނެ ކަމެއް ނޫން. އެ ފުރުސަތު އޮންނަންވާނެ އެހެން ކެނޑިޑޭޓުންނަށް ވެސް. މި ފެންނަނީ އަޅުގަނޑުމެންގެ ހައްގުތައް ގެއްލޭތަން.
ފަލާހު

މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވަނީ އެމްޑީޕީ އަކީ މިހާތަނަށް މަޖިލީހުގައި ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ޕާޓީއެއްކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދިނުން މުހިންމުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް