ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 19:26
މާލޭގެ މަގުމައްޗަށް ޖަމާކޮށްފައި ހުރި ކުނިތަކެއް
މާލޭގެ މަގުމައްޗަށް ޖަމާކޮށްފައި ހުރި ކުނިތަކެއް
މާލޭގެ މަގުތަކަށް ކުނިއެޅުން
މާލޭގައި އާއްމުކޮށް ކުނި އަޅާ 10 ތަނެއް އާއްމުކޮށްފި
ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯއާއި ވިޑިއޯ، ސިޓީ ކައުންސިލްގެ ނަންބަރު 9341144ށް (ވައިބަރ /ވަޓްސްއެޕް) ކޮށްދިނުމަށް އެދިފައިވޭ

މާލޭގައި އާއްމުކޮށް ކުނިއަޅާ 10 ތަނެއް އާއްމުކޮށްފިއެވެ.

އެ 10 ތަން ހާމަކުރީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާއްމުކޮށް ކުނި އަޅާކަމަށް ފާހަގަކުރެވޭ ތަންތަން:

1- އަލަމާ ގޯޅި

2- ކެނެރީ ގޯޅި

3- ހަދީބީ މަގު

4- އޯޑިއޯން ގޯޅި

5- މާވެޔޮމަގު ފަތަހަ ކަންމަތި

6- ހެންވޭރު ސަހަރާ ކަންމަތި، ކާސިންޖީ މަގު

7- ބަރުޖޯރާ ގޯޅި ކަންމަތި

8- މ. ޕިއްޒާ ބޯނާ ކަންމަތި

9- ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި

10- ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅި

މާލޭ މަގުމަތީގައި ކުނި ބަހައްޓަމުންދާ ފަރާތްތައް ދަނީ ފާހަގަކުރެވެމުން ކަމަށާއި، މިގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯއާއި ވިޑިއޯ، މާލެ ސިޓީ ކައުންސިލްގެ ނަންބަރު 9341144ށް (ވައިބަރ /ވަޓްސްއެޕް) ކޮށްދިނުމަށް، ނުވަތަ އެފަދަ މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ހިއްސާކޮށްދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

- ކޮމެންޓް