ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 12:19
ރައީސް ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރާއްޖެ - ތުރުކީ
ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ
 
ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި

ދިވެހިރާއްޖެއާއި ތުރުކީވިލާތާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު އެފަދައިން ވިދާޅުވީ ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު އޮތްގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކުރައްވާފައި ވަނީ ތުރުކީވިލާތަށެވެ. ތުރުކީ އިން ދަނީ އެކި ދާއިރާތަކުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު، ވަނީ ދާދިފަހުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫ.އޭ.ވީ މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެންދިއުމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ ތުރުކީވިލާތުގެ ރައީސްކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ތުރުކީއާއި ރާއްޖެއާ އޮތް ގާތްކަމުގެ ތެރެއިން މުސްތަގުބަލުގައި އުޅަނދުތައް އިތުރުކުރެވިގެންދާނެ ކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ތުރުކީ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް މަޝްވަރާ ކުރެވެމުންދާކަމަށް ބުނެ ބޭރުގެ ނޫސްތަކުން ފަތުރަނީ ދޮގު ޚަބަރެއް: ސަރުކާރު
ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
ތުރުކީން އިސްރާއީލާއެކު ހިންގާ ވިޔަފާރީގެ ހުރިހާ މުޢާމަލާތެއް މެދުކަނޑާލައިފި
ތުހުމަތުތަކާހުރެ ތުރުކީގައި ވީއޭއާރު ޗެކްކުރަން ބިދޭސީ ރެފްރީން
ޕީއެންއެފްއިން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށްފަހު ތަނެއް ހަމަޖައްސައިދިން ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި
ޣައްޒާގެ ހަމަލާތަކާ ގުޅިގެން ތުރުކީން އިސްރާއީލަށް ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން މަނާކޮށްފި
ޢީދު ދުވަސް އަންނަ އިރު ވިސްނަންވީ ޚިޔާލު ތަފާތުވިޔަސް ދިވެހިންނަށްވީތީ އޮތް އެއްބައިވަންތަކަން ދޫކޮށްނުލަން - ރައީސް