Advertisement
ކ. މާލެ
|
18 މާރޗް 2024 | ހޯމަ 12:01
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިޚާބު 2024
ރަޖިސްޓަރީކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ރަޖިސްޓަރީކުރުމުގެ ފުރުޞަތު
2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ މެނަދުރުފަހު 03:00 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައި
ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަނި

ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭލިސްޓެއްޢާންމު ކޮށްފައެވެ.

އީސީން އާންމުކުރި ލިސްޓުގައިވާ މީހުން، ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާތަން ބަދަލުކުރަން ބޭނުންވާނަމަ ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2024 މާރިޗު 18 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ މެނަދުރުފަހު 03:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

Advertisement

މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެކަމަށް އީސީން މައުލޫމާތުދެއެވެ.

އީސީން މައުލޫ،މާތު ދޭ ގޮތުގައި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް