Advertisement
ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 11:28
މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ފައިސާތަކެއް
މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ފައިސާތަކެއް
މޯލްޑިވްސް ޕޮލިސް ސާރވިސް
ފައިސާތަކުގެ ވެރިފަރާތް ހޯދުން
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ
މ. ހިޖާޒު ކައިރިން 700 ރުފިޔާ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވޭ
ގ. ރެސްރޯން ކުރިމަތިން 10،000 ރުފިޔާ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވޭ

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ފައިސާތަކެއްގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު، މާލޭ ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިން 10،000 ރުފިޔާ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށާއި އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

މީގެ އިތުރުން ހޮނިހިރު ދުވަހު މ. ހިޖާޒު ކައިރިން 700 ރުފިޔާ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށާއި އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް