Advertisement
ކ. މާލެ
|
13 މާރޗް 2024 | ބުދަ 17:32
ނައްތާލި ބަނގުރާ ފުޅިތަކާއި ދަޅުތައް
ނައްތާލި ބަނގުރާ ފުޅިތަކާއި ދަޅުތައް
ޕޮލިސް
ބަނގުރާ ނައްތާލުން
ނައިފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
202 ފުޅި ބަނގުރަލާއި 77 ދަޅު ބިޔަރު ނައްތާލާފައިވޭ
އެއީ މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ތަކެތީގެ ތެެރެއިން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 7 ވަނަ ދުވަހު 202 ފުޅި ބަނގުރަލާއި 77 ދަޅު ބިޔަރު ނައްތާލާފައިވާ ކަމަށެވެ.

Advertisement

މިތަކެއްޗަކީ 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް