Advertisement
ކ. މާލެ
|
11 މާރޗް 2024 | ހޯމަ 11:25
އައިޖީއެމްއެޗް މިސްކިތް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން
އައިޖީއެމްއެޗް މިސްކިތް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
އައިޖީއެމްއެޗްގެ މިސްކިތް
އައިޖީއެމްއެޗްގެ މިސްކިތް އަލުން ހުޅުވައިފި
މިސްކިތް އެޅުމަށް ގިނަ ބަޔެއްގެ އެހީތެރިކަން މާލީ ގޮތުންނާއި އަމަލީ ގޮތުން ލިބިފައިވޭ
ފިރިހެނުންނަށާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެ
މިސްކިތް އެޅުމަށް އެއްވެސް ވަރަކަށް އައިޖީއެމްއެޗްގެ ފަންޑުން ޚަރަދުކޮށްފައިނުވޭ

އައިޖީއެމްއެޗްގެ މިސްކިތް އަލުން ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުއްވާދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހޮސްޕިޓަލެއްގައި މިސްކިތެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަވެ، ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ. އެއީ މައުނަވީ ގޮތުންނާއި ރޫޙާނީ ގޮތުން ބޮޑު ހިތްހަމަޖެހުމަކާއި ބަލިން ރަނގަޅުވުމުގެ އުންމީދު ލިބޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

އައިޖީއެމްއެޗްގެ މިސްކިތް އެޅުމަށް ގިނަ ބަޔެއްގެ އެހީތެރިކަން މާލީ ގޮތުންނާއި އަމަލީ ގޮތުން ލިބިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ. އަދި މިސްކިތް އެޅުމަށް އެއްވެސް ވަރަކަށް އައިޖީއެމްއެޗްގެ ފަންޑުން ޚަރަދުކޮށްފައިނުވެއެވެ.

އައިޖީއެމްއެޗް މިސްކިތުގައި އެއް ފަހަރާ 100އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތުގައި ފިރިހެނުންނަށާއި އަންހެނުންނަށް ވަކިން ނަމާދުކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް