Advertisement
ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 15:58
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ކްރިމިނަލް ކޯޓު
މާރާމާރީ ހިންގި މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލައިފި
އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް

މާރާމާރީ ހިންގި މައްސަލައެއްގައި ޝަރުތުތަކަކާއެކު މީހަކު ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލާގައި ބަންދުން ދޫކޮށްލާފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ގެނައި ދެވަނަ ފަހަރު، މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު އަމަލީގޮތުން މާރާމާރީ ހިންގުމުގައި ބައިވެރިވިކަމަށް ބެލެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިކަމަށެވެ.

Advertisement

ނަމަވެސް، މި މައްސަލައަކީ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ނުބެލެވޭކަމަށެވެ. އަދި، މި މައްސަލައިގައި ހުށަހަޅާފައި ހުރި ހެކިތަކަށް ބަލާއިރު ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަމަކަށް ބުރަނުވެވޭ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެ.

އެހެންކަމުން، އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުކުރުމަށްފަހު ކަމަށާއި، އެކަމާމެދު ފުލުހުންގެ އިއުތިރާޒެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް