Advertisement
ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 13:33
ޕޮލިސް
ޕޮލިސް
ރާއްޖެ އެމްވީ
މާރާމާރީ
ކ. މާފުށިގައި މާރާމާރީއެއް ހިންގަައި މީހަކު ޒަހަމްކޮށްލައިފި
މާރާމާރީއާ ގުޅިގެން މިހާތަނަށް ދެ ފިރިހެނުން ހައްޔަރުކޮށްފައިވޭ
މި ހާދިސާގައި 34 އަހަރުގެ ދިވެހި ފިރިހެނެކަށް އަނިޔާވެފައިވޭ

ކ. މާފުށިގައި މާރާމާރީއެއް ހިންގަައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހު ފަތިހު ހިންގި މި މާރާމާރީގައި އަނިޔާ ލިބިފައިވާ މީހަކަށް މާފުށީ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފަތިހު 05:30 ހާއިރު އެއިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާ އެމީހާއަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

މީގެ އިތުރުން ހޮނިހިރު ދުވަހު މާފުށިގައި އިތުރު މާރާމާރީއެއް ވެސް ވަނީ ހިންގާފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިސަރު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވީ މާރާމާރީއަކާ ގުޅިގެން މިހާތަނަށް ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ހޮނިހިރު ދުވަހު ފަތިހު ހިންގި ފުރަތަމަ މާރާމާރީގައި ބައިވެރިވި ބައެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް