ކ. މާލެ
|
8 މާރޗް 2024 | ހުކުރު 07:31
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
ރާއްޖެއެމްވީ
ސަރުކާރުގެ ފުރަތަމަ 100 ދުވަސް
މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެނުނީ ރައްޔިތުންނަށް ދޮގާއި މަކަރާއި އޮޅުވާލިތަން: އީސަ
 
މިސަރުކާރު ހިންގުމުގައި އެއްވެސް ހަރުދަނާކަމެއް ނެތްކަމަށް އީސަ ވިދާޅުވި

މިސަރުކާރުގެ ފުރަތަމަ 100 ދުވަސް ސިފަވަނީ ގޮހޮރު ފުރެންދެން ދޮގާއި މަކަރާއި އޮޅުވާލުން އަޅައިގެން ރައްޔިތުންގެ ކުރިމތީގައި އޮތް ސަރުކާތެއްގެ ގޮތުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސަ ވިދާޅުވީ ކެއްސާލިއަސް، ކިނބިއްސެއް އެޅިއަސް މިސަރުކާރުގެ އަނގައިން ރައްޔިތުންނަށް ދޮގާއި މަކަރާއި އޮޅުވާލުން ނޫން އެއްޗެއް މި 100 ދުވަހުގެ ތެރޭގައި އިވިފައިނުވާކަމަށެވެ. މީގެއިތުރުން މިސަރުކާރު ހިންގުމުގައި އެއްވެސް ހަރުދަނާކަމެއް ނެތްކަމަށް އީސަ ވިދާޅުވިއެވެ.

މިސަރުކާރާމެދު ރައްޔިތުން ވަރަށް އުންމީދުކުރިކަމަށާއި ރައީސް ޑރ މުހައްމަދު މުއިއްޒަކީ ވަރަށް ހަރުދަނާ، ދީންވެރި ވަރަށް ގާބިލު ބޭފުޅެއްގެ ގޮތުގައި ރައްޔިތުން ދެކުނުކަމަށެވެ. ނަމަވެސް ފެންނަނީ އެހެން މަންޒަރެއްކަމަށް އީސަ ވިދާޅުވިއެވެ.

އެއްވެސް ކަހަލަ އުސޫލެއް، ޕްލޭނެއް ހަރުދަނާކަމެއް ނުފެނޭ. ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެވެސް އެހަރުދަނާ ކަމެއް ނުފެނޭ. އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރުގެ ކުންފުނިތަކަށް ވެރިންނަށާއި އަދި ސިޔާސީ އެކިއެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ އެބޭފުޅުން އެއަދާކުރައްވާ މަގާމުގެ އެއްވެސް ތަޖުރިބާ އެއް ، ގިނަ ބޭފުޅުންނަކީ އެއްވެސް ތަޖުރިބާއެއްވެސް ނެތް ބޭފުޅުން ގިނަ ބޭފުޅުންނަކީ އެދާއިރާއިން ކިޔަވައިގެންވެސް ތިއްބެވި ބޭފުޅުންވެސް ނޫން. ކިޔަވައި ވިދާޅުނުވިޔަސް ތަޖުރިބާ ހުންނަނަމަ ތަޖުރިބާގެ އަލީގައި ހަރުދަނާ ކަމެއް ހުންނާނެ. ނަމަވެސް އެމަންޒަރެއް ނޫން މިފެންނަނީ
އަހުމަދު އީސަ/ ކެނދިކުޅުދޫ ދާއިރާގެ މެންބަރު

އީސަ ވިދާޅުވީ ކުރުކޮށް ދަންނަވާނަމަ މިސަރުކާރުން ކުރާ ކަންކަމާމެދު ރައްޔިތުންނަށް ވާނުވާއެއް ނޭންގޭކަމަށެވެ. ރައްޔިތުން އުންމީދުކޮށްގެން ތިބި އެއްވެސް ކަމެއް މިސަރުކާރުގައި ނެތްކަމަށް އީސަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
މަޖިލީހުގެ މެޖޯރިޓީ ލިިބިއްޖެނަމަ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ - އީސަ
ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައި އެބަހުރި، މައްސަލަ ބަލަން ޖެހޭ - އީސަ
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް ހެދީ "ރާޖޫ" އަށްޓަކައި، އެކަން ބަދަލުކޮށްދެއްވާ - އީސަ
ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ފުލެޓް ކޮމިޓީން ކުރަން އުޅޭ ކަންކަން ހުއްޓުވާނަން - އީސަ
ރަމަޟާން މަހު ރައީސް މުއިއްޒުގެ ދޮގުހެދުން ކުރިއަށްވުރެ އެއް ދަރަޖަ ކުރިއަށް ޖައްސާލައިފި - އީސަ
ޑްރޯން ގަތުމަށްޓަކައި 30 މިލިޔަން ޑޮލަރު ހޭދަވި، އެއީ މަޖިލިސް އިންތިޚާބަށް ފައިސާ ހޯދަން ކުރި ކަމެއް - އީސަ
މަޖިލިސް އިންތިޚާބުގައި ވާދަކުރާ ސަރުކާރު ކެންޑިޑޭޓުންނަކީ ކޮބައިކަން ރައީސަށް ވެސް އެނގިވަޑައިނުގަންނަވާ - އީސަ