ކ. މާލެ
|
5 މާރޗް 2024 | އަންގާރަ 07:12
ޗައިނާ އިން ރާއްޖެއަށް އަސްކަރީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާ އިން ރާއްޖެއަށް އަސްކަރީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
މިނިސްޓްރީ އޮފް ޑިފެންސް
ޗައިނާ-ރާއްޖެ
ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޗައިނާ އިން ރާއްޖެއަށް އަސްކަރީ އެހީ ފޯރުކޮށްދިނުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނިއިރު، އެ އެއްބަސްވުމުގެ އިތުރު ތަފްސީލެއް ދިފާއީ ވުޒާރާއިން ދީފައިނުވޭ

ޗައިނާ އިން ރާއްޖެއަށް އަސްކަރީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަން ހާމަކުރަމުން ރާއްޖޭގެ ދިފާއީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ދިފާއީ ވަޒީރު، ޣައްސާން މައުމޫން އަދި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާންގެ ބައްދަލުވުމެއް، ދިފާއި ވުޒާރާގައި ހޯމަ ދުވަހު ބާއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގެ ތެރެއިން ޗައިނާ އިން ރާއްޖެއަށް އަސްކަރީ އެހީ ފޯރުކޮށްދިނުމުގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނިއިރު، އެ އެއްބަސްވުމުގެ އިތުރު ތަފްސީލެއް ދިފާއީ ވުޒާރާއިން ދީފައިނުވެއެވެ.

ވަޒީރު ޣައްސާން އަދި އަޖޯންގު ބައުކުއާންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ މިނިސްޓްރީ އޮފް ޑިފެންސް

އެހެން ނަމަވެސް އެ ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގެ އިތުރު މައުލޫމާތު ދެމުން ދިފާއީ ވުޒާރާއިން ބުނީ، ދެ ގައުމުގެ އަސްކަރީ ގުޅުން އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

ޗައިނާ އަދި ރާއްޖޭގެ ދިފާއި ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރާއްޖޭގެ ދިފާއީ ވުޒާރާއިން ޗައިނާގެ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. އެހެން ނަމަވެސް އެ އެއްބަސްވުމާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް ވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް