ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 22:35
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށްގެންދިޔަ ތަމްރީނެއްގެ ތެރެއިން
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
އަސްކަރީ ތަމްރީންތައް
މާފިލާފުށީގައި ޚާއްސަ އަސްކަރީ ތަމްރީންތަކެއް އަންނަ ހޯމަ ދުވަހު ފަށަނީ
އަސްކަރީ ތަމްރީނުތަކެއް މާރިޗް 4ން 8ށް ކުރިއަށް ގެންދާނެ
ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު

ޅ. މާފިލާފުށީ ޚާއްސަ އަސްކަރީ ތަމްރީންތަކެއް އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މާރިޗް 4ން 8ށް، ކޮންމެ ދުވަހަކު 18:00ން 06:00ށް މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ މާފިލާފުއްޓާއި މާފިލާފުށީގެ ވަށައިގެންވާ ސަރަހައްދުން 200 މީޓަރު ދުރުމިނަށް ކަމަށާއި، އަދި ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު މިނިސްޓްރީން ބުނެއެވެ.

މާރިޗް މަހު ތަމްރީންތަކެއް ކުރިއަށްގެންދާއިރު، ފެބްރުއަރީ މަހުގެ މެދުތެރޭގައި ވެސް އެމްއެންޑީއެފުން ވަނީ މާފިލާފުށީގެ އިތުރުން ލ. ކައްދޫގައި ކުރިއަށްގެންގޮސްފައެވެ.

ތަމްރީންތައް ކުރިއަށްދާ ވަގުތު ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް