Advertisement
ކ. މާލެ
|
1 މާރޗް 2024 | ހުކުރު 18:25
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު 2024
ފްލެޓް މައްސަލައިގައި ސަރުކާރުން އުޅެނީ ރައްޔިތުން ވާ ވައްދަން، މަޖިލީހުން އެކަމަށް ފާރުވެރިވާނަން: އަނދުން ހުސައިން
ނުހައްގުން ފްލެޓް ދޭ މަންޒަރު ބަލަން އެމްޑީޕީން ނުތިބޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ
ފްލެޓް ލިބުނު މީހުންގެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 ޕަސެންޓް ފޯމުގައި ކަމަށް އޭސީސީން ބުނެފަވޭ

ފްލެޓް މައްސަލައިގައި ސަރުކާރުން އުޅެނީ ރައްޔިތުން ވާ ވައްދަން ކަމަށާއި މަޖިލީހުން އެކަމަށް ފާރަވެރިވާނެ ކަމަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓްތަކާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގާއި ގުޅިގެން ފިޔަވަޅު އަޅަން ވާނީ ކަންކަން ގޯސްކޮށް ކޮށްފައި ހުރި މީހުންނަށް ކަމަށާއި އެއްވެސް މީހަކަށް ފްލެޓް ނުލިބޭގޮތަށް މުޅި މަރުހަލާ މަޑުޖައްސާލުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.  އޭސީސީން ބެލިބެލުމުން ޝަރުތުހަމަނުވާ 59 އިންސައްތަ މީހުން ތިބިކަމަށް ބުނިނަމަވެސް ފްލެޓް ދިނުމުގައި ގޯސްކޮށް ކަމެއް ކޮށްފައި ނުވާނެ ކަަމަށް އެމްޑީޕީ ސަރުކާރުގައި އެކަމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުން ބުނެއެވެ. ޝަހީމް ވިދާޅުވީ ފްލެޓް ދިނުމަށް ކަނޑައެޅި ޝަރުތުތައް ހުރީ ފްލެޓަށް އިޢުލާން ކުރި އިރުވެސް ހާމަކޮށްފައި ކަމަށެވެ. އެ ޝަރުތުތަކަށް ފެތޭ ނަމަ ފްލެޓް ދޭން ވާނެ ކަމަށާއި އެ ޝަރުތުތަކަށް ފެތުނު ނަމަވެސް އޭސީސީން ޤަބޫލުކުރާ އެހެން ކަންކަން ފުރިހަމަ ނުވާ ކަަަމަށް ބުނެ ފްލެޓް ލިބުނު މީހުންގެ ހައްގު ނިގުޅައިގަނެގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

ޝަހީމް ވަނީ ފްލެޓްތައް ދިނުމުގެ މައްސަލަ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަން ދިގުދަންމާކަމަށާއި އެކަމުގެ ޝަކުވާ ލިބެމުންދާކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ބައެއް ކެނޑިޑޭޓުން އެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމުން ނޫނީ ފްލެޓް ނުލިބޭނެ ކަމަށް ބުނާތީ އެކަމާއި މެދު ކަންބޮޑުވުން ހިއްސާކުރެއްވިއެވެ. ނުހައްގުން ފްލެޓް ދޭ މަންޒަރު ބަލަން އެމްޑީޕީން ނުތިބޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންނެއް ނުތިބޭނަން ބަލާކަށް އެގޮތަށް އެކަން ކުރާއިރު. ނުހައްގުން އެގޮތަށް ފްލެޓް ދީފި ނަމަ އެ ވަޒީރެއް ނުހުންނާނެ ވަޒީރުކަމުގައެއް. މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. މަޑަކުން ނުތިބޭނަން
އަނދުން ހުސައިން

 ގެދޮރުވެރިޔާގެ ފްލެޓްގެ ތެރެއިން، ފުރަތަމަ 4،000 ފްލެޓްގެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އޭސީސީން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް މީގެ ކުރިން ސީޓީ އެއް ފޮނުއްވިއެވެ. އަދި މައްސަލަ ބެލުމަށް ފަހު ފްލެޓް ލިބުނު މީހުންގެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 ޕަސެންޓް ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް