Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 12:32
އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ
އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިޚާބު
އިންތިޚާބު ކާމިޔާބުކުރުމުގެ ބޭނުމުގައި ވަޒީރުންލައްވާ އެކި މަޤާމްތަކުގައި ވަޒީފާގައި ތިބި ރައްޔިތުންނަށް ބިރުދައްކަން ފަށައިފި - އީސަ
ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ބިރުދައްކަމުންދާ ކަމަށް މީސްމީޑިއާގައި ވަނީ އަޑު ފެތުރިފައި

އިންތިޚާބު ކާމިޔާބުކުރުމުގެ ބޭނުމުގައި ވަޒީރުންލައްވާ އެކި މަޤާމުތަކުގައި ވަޒީފާގައި ތިބި ރައްޔިތުންނަށް ބިރު ދައްކަމުންދާ ކަމަށް، އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަންތައްތައް މިހާރުވެސް ސަރުކާރުގައި އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ދޮގު ހެދުމާއި އޮޅުވާލުން ހައްދުފަހަނައަޅާ ގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގެ ވެރިކަމުގެ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މަޖިލީހުގެ ބާރުތަކުގެ މައްޗަށް އިޙުތިރާމްކުރުން ހުއްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ނިންމުންތަކަށް ގޮންޖަހާ މަޖިލީހުން ފާސްކުރާ ބިލްތައް ޤާނޫނަށް ވިޔަ ނުދީ މިހާރުވެސް ހިފަހައްޓާފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މަޖިލީހުގެ ކޮންމެ ނިންމުމަކާ އެކު ކޯޓަށް ދިއުން ވެސް ސަރުކާރުން އާއްމުކަކަމަށް ހަދާފައިވާ ކަމަށް އީސަ ވިދާޅުވިއެވެ. އީސަ ވިދާޅުވީ މަޖިލީހުން ރުހުން ނުދޭ ވަޒީރުން މަޤާމުތަކުގައި ބައިތިއްބައިގެން ދައުލަތް ހިންގުން ބޮއްސުންލާފައިވާ ކަމަށެވެ.

Advertisement

މެންބަރު އީސަ ވަނީ މި ސަރުކާރުން ސަރުކާރުގެ ބާރު ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރަނީ ރުހުން ނެތް ވަޒީރުން ވެސް ހިމެނޭހެން ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ. ސަރުކާރު ކުންފުނިތަކުގެ އެމްޑީން ލައްވާ ކުންފުނިތަކުގެ މީސްމީޑިއާ މެދުވެެރިކޮށް ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓްކުރުވަމުން ގެންދަވާ ކަމަށާއި މިއީ ރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ބޭއްވި އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އަމަލުކުރި ގޮތެއް ނޫން ކަމަށް އީސަ ވިދާޅުވިއެވެ. އީސަ ވަނީ ދައުލަތުގެ އެންމެ އިސްވެރިޔާ މަޖިލީހުގެ ބާރުތަކަށް އަރައިގަންނަމުންދާ ކަމަށް ވެސް ވިދާޅުވެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އީސަ މިހެން ވިދާޅުވެފައިވާއިރު މީހުން ވަޒީފާއިން ވަކިކުރުމާއި އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ނަމަ ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ބިރު ދައްކަމުންދާ ކަމަށް މީސްމީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް