ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 09:05
ޣައްޒާގައި ހުންނަ ޔޫއެންއާރުޑަބްލިއު އޭގެ ހެޑްކުއާޓަރ
ޣައްޒާގައި ހުންނަ ޔޫއެންއާރުޑަބްލިއު އޭގެ ހެޑްކުއާޓަރ
އަނަދޮލޫ
ޣައްޒާގައި ކާރިސާއެއްގެ އިންޒާރު
ޣައްޒާއަށް ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ޔޫއެންއާރްޑަބްލިއުއޭގެ ވެރިޔާ ދެއްވައިފި
ޖެނެރަލް ފިލިޕް ލަޒާރިނީ ވިދާޅުވީ ޣައްޒާގެ ނުރައްކާތެރި ޙާލަތަކީ އިންސާނުން އަމިއްލައަށް އުފެއްދި ޙާލަތެއް ކަމަށް

ޣައްޒާގައި ނުރައްކާތެރި ބަނޑުހައިހޫނުކަމުގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) ގެ ވެރިޔާ ދެއްވައިފިއެވެ.

ޔޫއެންއާރުޑަބްލިއުއޭގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރިނީ އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެންމެ ފަހުން ޔޫއެންއާރްޑަބްލިއުއޭއަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވުނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

އޭގެ ފަހުން އަޅުގަނޑުމެން ތަކުރާރުކޮށް އިންޒާރު ދެމުން މިގެންދަނީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުދީ، ގަވާއިދުން އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިލްތިމާސްކޮށް، ޣައްޒާގެ އުތުރުގެ ޣައްޒާއަށް ކާބޯތަކެތީގެ އިތުރު ގާފިލާތައް ގަވާއިދުން ވަނުމުގެ ހުއްދަ ދީފިނަމަ، މި ކާރިސާއިން ސަލާމަތްވެވިދާނެ ކަމަށް
ޖެނެރަލް ފިލިޕް ލަޒާރިނީ

އެގޮތުން "ކާބޯތަކެތީގެ އެހީ ފޮނުވަން އަޅުގަނޑުމެން ގޮވާލި ގޮވާލުންތަކަށް އިންކާރުކޮށް ދިނީ ބީރު ކަންފަތެއް" ލަޒާރީނީ ވަނީ މި ކުއްލި އެދުމަށް އިޖާބަ ނުދޭތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޣައްޒާގެ މި ނުރައްކާތެރި ޙާލަތަކީ އެކަމުގެ ނުރައްކާތެރި ކަންއިންތިހާއަށް ބޮޑު އިންސާނުން އުފެއްދި އަދި ބައިނަލްއަގްވާމީ ވައުދުތަކާ ހިލާފު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އިންސާނުން އުފެއްދި ކާރިސާއެއް ކަމަށް ލަޒާރިނީ އިއުލާނު ކުރެއްވިއެވެ. އަދި ދުނިޔެ ވައުދުވީ ދެން ދުވަހަކު ވެސް ބަނޑުހައިހޫނުކަން ކުރިމަތިވިޔަ ނުދިނުމަށް ކަމަށާއި އަދިވެސް ކާރިސާއިން ސަލާމަތްވެވޭނީ ހަގީގީ ސިޔާސީ އިޚްތިޔާރުގެ ތެރެއިން މާނަހުރި އެހީތަކަށް ޖާގަދިނުމާއި ހިމާޔަތް ދިނުމުން ކަމަށް ވެސް އެކްސްގައި ލަޒާރީނީ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ޔޫއެންއާރްޑަބްލިއުއޭގެ ޗީފްގެ ވާހަކަފުޅު ނިންމަވާލެއްވީ ބައިނަލްއަގްވާމީ މުޖުތަމައުއަށް ކުރިމަތިވެފައިވާ ނާޒުކު ދަނޑިވަޅުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ހިތާމަވެރި މެސެޖަކުންނެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ އަނެއްކާވެސް އަޅުގަނޑުމެންގެ އާންމު އިންސާނިއްޔަތާއި އަޚްލާޤު އިމްތިހާނުކުރާނެ ދުވަސްތަކެއް ކަމަށެވެ.

ޣައްޒާގެ ޙާލަތު އަދިވެސް ނާޒުކުވެފައިވާއިރު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި މީހުން ދަތުރުފަތުރުކުރުން ހަރުކަށިކުރުމުގެ ސަބަބުން އިންސާނީ ކާރިސާ އިތުރަށް ގޯސްވާން މެދުވެރިވެއެވެ. ޔޫއެންއާރުޑަބްލިއުއޭއިން މިހާރުން މިހާރަށް ގޮވާލަމުން ދަނީ ޣައްޒާގައި ފަލަސްތީނުގެ އާބާދީއަށް ކުރިމަތިވެދާނެ ކާރިސާތަކުން ރައްކާތެރިވެ، ފަލަސްތީނުގެ އާބާދީއަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމު ކަމަށް ދުނިޔެ ސަމާލުކަން ދިނުމަށެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، ބޮޑެތި ގެއްލުންތަކެއް ލިބި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދއިން ބުނެއެވެ.

1948 ވަނަ އަހަރު އިސްރާއީލު އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އދ.ގެ ޣައްޒާ ހަނގުރާމައާ ގުޅިގެން އދ.ގެ އެންމެ މަތީ ޝަރުއީ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިސްރާއީލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފައެވެ.

މިދިޔަ ޖެނުއަރީ މަހު އެކޯޓުން ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ އަމަލުތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

- ކޮމެންޓް