Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 12:21
ރައީސް އޮފީސް
ރައީސް އޮފީސް
ރަމަޟާން މަހުގެ މަސައްކަތު ވަގުތު
މިއަހަރު ވެސް ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00ށް
އެ ދުވަސްތަކުގައި މި ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް އެދިފައިވޭ
ރަމަޟާން މަހުގެ ފަހު 10 ވަނީ ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި ކަނޑައަޅާފައި

މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ކުރިންވެސް ހަމަޖައްސާފައިވާގޮތަށް، މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށެވެ.

Advertisement

އެހެންކަމުން މި ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން އެދިފައިވެއެވެ.

ރަމަޟާން މަހު ސަރުކާރު މުވައްޒަފުން މަސައްކަތް ކުރާނީ 4 ގަޑިިއިރު ކަމަށްވާއިރު، ރަމަޟާން މަހުގެ ފަހު 10 ވަނީ ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް