Advertisement
ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 11:28
"ހިޔާވަހި ޕޯޓަލް" ލޯންޗުކުރުމުގެ ތެރެއިން
"ހިޔާވަހި ޕޯޓަލް" ލޯންޗުކުރުމުގެ ތެރެއިން
ސަން އޮންލައިން
ހިޔާވަހި ޕޯޓަލް
ގެދޮރުވެރިން ޕޯޓަލް ބޭނުންކުރަނިކޮށް، "ހިޔާވަހި ޕޯޓަލް" ގެ ނަމުގައި ބޯހިޔާވަހިކަމަށް އާ ޕޯޓަލް އެއް
"ހިޔާވަހި ޕޯޓަލް" އަކީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ ހުރިހާ ކަމަކަށް ޚާއްޞަކޮށް ތަޢާރަފްކޮށްފައިވާ ޕޯޓަލް

"ހިޔާވަހި ޕޯޓަލް" ގެ ނަމުގައި ބޯހިޔާވަހިކަމަށް އާ ޕޯޓަލް އެއް ތަޢާރަފްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް ތަޢާރަފްކޮށްދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމެވެ. މި ޕޯޓަލްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުން ހުރި ހުރިހާ ކަމަކަށް އޮންލައިންކޮށް ހުށަހެޅުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ހައުސިން މިނިސްޓްރީއިން މި ޕޯޓަލްއާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަކޮށް، ހައުސިން ސްކީމްތަކައް ހުށަހަޅައި، ބޯހިޔާވަހިކަމުގެ ލޯނުތަކުގެ އިތުރުން ބޯހިޔާވަހިކަމާ ގުޅުން ހުރި ޝަކުވާ ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

Advertisement

"ހިޔާވަހި ޕޯޓަލް" އަކީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ ހުރިހާ ކަމަކަށް ޚާއްޞަކޮށް ތަޢާރަފްކޮށްފައިވާ ޕޯޓަލް އެކެވެ.

މި ސަރުކާރުން މި ޕޯޓަލް ތަޢާރަފްކުރިއިރު، ނިމިދިޔަ ސަރުކާރުން ވަނީ"ގެދޮރުވެރިން ޕޯޓަލް"ގެ ނަމުގައި ބޯހިޔާވަހިކަމުގެ ޕޯޓަލެއް ތަޢާރަފްކޮށްފައެވެ. އެ ޕޯޓަލް ތަޢާރަފްކުރީ މިދިޔަ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔތުންނަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ސްކީމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް