Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2024 | ހޮނިހިރު 13:42
ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އަންހެނުން ބާރުވެރިކުރުވުން
މަޖިލީހަށް އަންހެނުން އިންތިޚާބުކުރާ މިންވަރު އިތުރުކޮށް، ނިންމުންތައް ނިންމާ މަގާމުތަކުގައި އަންހެނުންގެ ދައުރުފުޅާ ކުރަންޖެހޭ: މެންބަރު އީވާ
ރައްޔިތުންގެ މަޖިލީހަށް ގިނަ އަންހެނުން އިންތިޚާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް
އަންހެނުންނަށް ފުރުސަތުތައް ލިބޭނަމަ އެ މުޖުތަމައުތަކަށް ކުރިއެރުންތައް ލިބޭ ކަމަށް ދިރާސާތަކުން ދައްކާ

ރައްޔިތުންގެ މަޖިލީހަށް އަންހެނުން އިންތިޚާބުކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށާއި، ނިންމުންތައް ނިންމާ މަގާމުތަކުގައި އަންހެނުންގެ ދައުރުފުޅާ ކުރަންޖެހޭ ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ގިނަ އަންހެނުން އިންތިޚާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ގިނަ އަންހެނުން އިންތިޚާބުވާ މަންޒަރު ބަލަން ބޭނުންވާ ކަމަށެވެ.

Advertisement

މެންބަރު އީވާ ވިދާޅުވީ ގައުމެއްގެ ތަރައްގީއާއި ކުރިއެރުމުގައި އަންހެނުން ޝާމިލުވާންޖެހޭ ކަމަށާއި، ބާރުގަދަ މަގާމުތަކާއި، ނިންމުންތައް ނިންމާ ލެވަލްގައި އަންހެނުން ތިބެންޖެހޭ ކަމަށެވެ. މިގޮތަށް ކަންކަން ކުރެވި އަންހެނުންނަށް ފުރުސަތުތައް ލިބޭނަމަ އެ މުޖުތަމައުތަކަށް ކުރިއެރުންތައް ލިބޭ ކަމަށް ދިރާސާތަކުން ވެސް ދައްކާފައިވާ ކަމަށް މެންބަރު އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އީވާ ވިދާޅުވީ އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް، ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ ފަސްއަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް މަދުވެގެން އެއްފަހަރު އަންހެނުންގެ ހައްގުގައި މަޖިލީހުގައި ވަކާލާތުކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި އެކަންޏެއް ނޫން. މުޅި ދުނިޔޭގައި ވެސް މިހާރު ބަލައިގަންނަ ކޮންސެޕްޓެއް އެއީ މުޅި ދުނިޔޭގެ ވިސްނުމަކީ ވެސް މިހާރު އެއީ. ކުރިއެރުމެއްގެ ތެރޭގައި ގައުމެއްގެ ތަރައްގީގެ ކުރިއެރުމެއްގެ ތެރޭގައި އަންހެނުން ޝާމިލުވާންޖެހޭ ކަމާއި އަދި ބާރުގަދަ މަގާމުތަކާއި ޕަބްލިކް އޮފީސްތަކާއި ނިންމުންތައް ނިންމާ މަގާމުތަކުގައި، ޚާއްސަކޮށް ނިންމުންތައް ނިންމާ މަގާމުތަކުގައި އަންހެނުންގެ ބަހަކާއި އަންހެނުންގެ ދައުރެއް އޮންނަންޖެހޭކަން.މިވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް 5 އަހަރުވީއިރު އަހަރަކު އެއްފަހަރު އިރާދަކުރެއްވީތީ މަދުވެގެން އަޅުގަނޑު ވާނެ މިކަންކަމަށް ވަކާލަތުކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ނުވަތަ މައްސަލައެއް ލައިގެން. އެއީ ޕާލިމެންޓްރީ އިންކްއަރީއަކަށް ގޮވާލަން ވިޔަސް ނުވަތަ އެހެނިހެން ގޮތްގޮތުން ވެސް އަޅުގަނޑުވާނެ ހަރުދަނާ ކުރުމަށްޓަކައި ނުވަތަ އަންހެނުންގެ ހައްގު އިތުރަށް ހިމާޔަތް ކުރުމަށްޓަކައި ނުވަތަ އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި އަދި ހުރަސްތައް ކަޑަތުކުރާނެ ގޮތްތައް ދެނެގަތުމަށްޓަކައި އަޅުގަނޑުވާނެ މިފަސް އަހަރުގެ ތެރޭގައި ހަމަ އިރާދަކުރެއްވިއްޔާ އަހަރަކު އެއްފަހަރު އެއަށް ވާނެ މަސައްކަތެއް ކޮށްފައި. އަދި ކޮމެޓީތަކަށް ވެސް މައްސަލަތައް ލާފައިވާނެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް އިޝާރާތް ކުރައްވައި މެންބަރު އީވާ ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ އަންހެނުން ނުކުންނަ ސިޔާސީ ޕާޓީއަކީ ދަ ޑިމޮކްރެޓްސް ކަމަށެވެ. އެއީ ފަހުރުވެރިވާ މަސައްކަތެއްގެ ގޮތުގައި މެންބަރު އީވާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް