Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 12:27
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް
ރާއްޖެއެމްވީ
20 ވަނަ ރައްޔިތުން މަޖިލިސް އިންތިޚާބު
މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅީ އެންމެ 10 އިންސައްތަ އަންހެނުން: ހަބީބު
ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން ހުކުރު ދުވަހު ކުރިއަށްގެން ގެންދާނެ
މަޖިލީހުގެ އިންތިޚާބަށް 381 ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައި

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާކުރުމަށް ފޯމް ހުށަހެޅީ އެންމެ 10 އިންސައްތަ އަންހެނުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް ކޮމިޝަނުން ކެނޑިޑެންސީއާ މެދު ނިންމި ނިންމުން، ބުރާސްފަތި ދުވަހުގެ ރޭގެ ނިޔަލަށް، އީމެއިލްގެ ޒަރީއާއިން އަންގާފައިވާ ކަމަށެވެ.

ހަބީބު ވިދާޅުވީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10.76 އިންސައްތައަކީ އަންހެން ބޭފުޅުން ކަމަށެވެ.

މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައި، ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން 16 ފެބުރުވަރީ 2024ވާ ހުކުރު ދުވަހު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ގުރުއަތު ނެގުން އޮންނާނީ އިންތިޚާބާބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގޭގައެވެ.

Advertisement

އެގޮތުން 93 ދާއިރާގެ ގުރުއަތުލުން ކުރިއަށް ގެންދާނެއެވެ. ގުރުއަތުނެގުން ހުކުރު ދުވަހު މެންދުރުފަހު 2:30ން ފެށިގެން އިރުއޮއްސި 6:30ށް ކުރިއަށް ގެންދިއުމަށް އީސީން ވަނީ ނިންމާފައެވެ.

މަޖިލީހުގެ އިންތިޚާބަށް 381 ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައެވެ.

އަންނަ މަހުގެ 17ގައި މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނިންމާފައިވާއިރު، އިންތިޚާބު ބޭއްވުން ފަސްކުރުމަށް މަޖިލީހުން ވަނީ އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. މި އިންތިޚާބުގައި 284،337 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް