Advertisement
ކ. މާލެ
|
13 ފެބްރުއަރީ 2024 | އަންގާރަ 15:00
2024 ފަނޑިޔާރުންގެ އިސްތިއުނާފް މަޖްލިސް
2024 ފަނޑިޔާރުންގެ އިސްތިއުނާފް މަޖްލިސް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ފަނޑިޔާރުންގެ އިސްތިއުނާފް މަޖްލިސް
2024 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖްލިސް އެކުލަވާލައިފި
މިއީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްްމިނިސްޓްރޭޝަނުން މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެއް
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބެވި ފަނޑިޔާރުން ކޮށްދެއްވި އިޙްލާސްތެރި ޚިދުމަތަށް ޑީޖޭއޭއިން ވަނީ ޝުކުރު އަދާކޮށްފައި

2024 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލާފިއެވެ.

މި މަޖިލީހަކީ ޤާނޫނު ނަންބަރު: 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ) ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 2-33 ވަނަ މާއްދާގެ (ވ) އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްްމިނިސްޓްރޭޝަނުން މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މި މަޖިލިސް އެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 (ތިނެއް) ފަނޑިޔާރުންގެ މައްޗަށެވެ. 

Advertisement

މި އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް އަދި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުއެވެ. 

ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު  މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށެވެ. 

2023 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބެވި ފަނޑިޔާރުން ކޮށްދެއްވި އިޙްލާސްތެރި ޚިދުމަތަށް ޑީޖޭއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް