Advertisement
ކ. މާލެ
|
10 ފެބްރުއަރީ 2024 | ހޮނިހިރު 18:44
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މިހާރު
މަސްތުވާތަކެތި އެތެރެކުރުން
ޑީއެޗްއެލް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރި މީހާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިންގ ނަންބަރު ނޯޓުކޮށްފައިވޭ
އެމީހާ ހައްޔަރުކުރީ ޕާރުސަލް ބަލައި ޑީއެޗްއެލަށް ގޮސް ހުއްޓައި

ރާއްޖެ ޑީއެޗްއެލް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުުލުހުން ބުނީ މަސްތުވާތަކެތި ހުރި ޕާރުސަލެއް ރާއްޖެ ގެނައުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެއް މަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

އޭނާގެ ބަންދުގެ އަމުރުގައި ބުނެފައި ވަނީ، މަސްތުވާތަކެތި ހުރި ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރުކޮށްފައިވަނީ ޕެކޭޖުގައި ޖަހާފައި އޮތް ފޯނު ނަންބަރާއި އޭނާ ގެންގުޅޭ ފޯނު ނަންބަރު ދިމާވާތީ ކަމަށެވެ. އަދި އެމީހާ ހައްޔަރުކުރީ ޕާރުސަލް ބަލައި ޑީއެޗްއެލަށް ގޮސް ހުއްޓައި ކަަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހައްޔަރުކުރި މީހާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިންގ ނަންބަރު ނޯޓުކޮށްފައި ވާކަމަށް ވެސް އެ އަމުރުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް