Advertisement
ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 13:41
ބުޅާ ހިޔާ ހަދަން ބިން ހަވާލުކުރުން
ބުޅާ ހިޔާ ހަދަން ބިން ހަވާލުކުރުން
ސޯޝަލް މީޑިއާ
ވަގުތީ ބުޅާ ހިޔާ އިމާރާތްކުރުން
ވަގުތީ ބުޅާ ހިޔާ އިމާރާތްކުރުމަށް ބޭނުންވާ ބިން ކައުންސިލާ ހަވާލުކޮށްފި
އެ ހިޔާ ހަދައި އެ ތަން ބަލަހައްޓާނީ މާލެސިޓީ ކައުންސިލުން
ބުޅާތަކަށް ހާއްސަ ހިޔާއެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައި

މާލޭ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ގުޅިގެން ހުޅުމާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ވަގުތީ ބުޅާ ހިޔާ އިމާރާތްކުރުމަށް ބޭނުންވާ ބިން ކައުންސިލާ ހަވާލުކޮށްފިއެވެ.

އެ ބިން ހަވާލުކޮށްފައި ވަނީ އެނިމަލް އެންޑް ވެލަފެއާ މިނިސްޓްރީން ހުކުރު ދުވަހުއެވެ. 5000 އަކަފޫޓުގެ ބިމެއްގަ ޤާއިމުކުރާ މި ތަނުގައި މި ހިޔާ ގާއިމު ކުރުމަކީ މާލޭގައި ދިރިއުޅޭ ބުޅާތައް އެއް ތަނަކަށް ގެންގޮސް އެ ތަކެއްޗަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމެއް ކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ. ވަގުތީ މި ހިޔާ އެޅުމަށްޓަކައި މިނިސްޓްރީއާއި ކައުންސިލުން އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.

Advertisement

މި ހިޔާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ. ބުޅާތަކަށް ހާއްސަ ހިޔާއެއް އަޅަން ހުޅުމާލެއިން ވަނީ 5،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައެވެ. މިތަން އަޅަނީ ފަރުކޮޅުފުށީގައެވެ. އެތަން ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލާއި ޕާކް އަދި ފިހާރަ ހުންނާނެ އެވެ. އަދި އެ ތަން ހަދައި ބަލަހައްޓާނީ ސިޓީ ކައުންސިލުންނެވެ.

ހުރިހާ ވަގުތަކު ވެސް ސިއްހީ ޚިދުމަތް ވެސް ލިބޭނެހެން ހުޅުމާލެ ދެވަނަ ފިޔަވައްސާއި ގުޅިފައި އޮތް ފަރުކޮޅުފުށީގައި ބުޅާ ހިޔާއެއް ގާއިމްކުރަން ނިންމާ އެޗްޑީސީ އާއި އެނިމަލް ވެލްފެއަރ މިނިސްޓްރީ އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށް ބިން ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް