Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 07:06
އިންތިޚާބާ ބެހޭ މަރުކަޒު
އިންތިޚާބާ ބެހޭ މަރުކަޒު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ރާއްޖޭން ބޭރުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް ރީރަޖިސްޓްރީކޮށްފައިވަނީ މެލޭޝިޔާ އާއި ސްރީލަންކާގައި
އީސީން ނިންމާފައިވަނީ 6 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް
ރީރަޖިސްޓޭޝަންގެ ގޮތުގައި 13378 މީހުން ހުށަހަޅާފައިވޭ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުގައި  ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހަމަވިއިރު ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ ޢަދަދު ހަމަވެފައިވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާގައި ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ރީރަޖިސްޓްރީކުރުމުގެ މުއްދަތު ހަމަވެފައިވަނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 4 ޖެހުމާ ހަމައަށެވެ. އީސީން ނިންމާފައިވަނީ 6 ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެ ގައުމުތަކަކީ އިންޑިޔާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލޮމްބޯ، މެލޭޝިޔާގެ ކުއަލަލަމްޕޫރު، އިނގިރޭސިވިލާތުގެ ލަންޑަން، އެކުވެރި އަރަބި އިމާރާތުގެ އަބޫދާބީ އަދި ތައިލެންޑުގެ ބެންކޮކް އެވެ. އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިތަނުން ވޯޓު ފޮށި ބެހެއްޓޭވަރަށް ރީރަޖިސްޓްރީކޮށްފައިވަނީ މެލޭޝިޔާ އާއި ސްރީލަންކާގައި އެކަނިކަމަށެވެ. ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ 150 މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާނަމައެވެ.

ހަބީބު ވިދާޅުވީ މުއްދަތު ހަމަވިއިރު ރީރަޖިސްޓޭޝަންގެ ގޮތުގައި 13378 މީހުން ހުށަހަޅާފައިވާކަމަށެވެ. އޭގެތެރެއިން 11919 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވާނެކަމަށާއި 1459 ހުށަހެޅުމެއް ބަލައިނުގަންނަކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement

ހަބީބު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހުގެ ތާރީޚެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެކަމަށެވެ. މިހާރު އިންތިޚާބު ބާއްވާނެ ތާރީޚެއްކަމަށް ކަނޑައަޅާފައިވަނީ މަރޗް މަހުގެ 17 ވަނަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 284327 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް