Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2024 | ހުކުރު 14:24
މަޖިލީހުގެ ޖަލްސާ ފެށުމާއެކު ސަރުކާރުގެ މެންބަރު ޗެމްބަރަށް ގޮސް އަޑުގަދަކުރަނީ
މަޖިލީހުގެ ޖަލްސާ ފެށުމާއެކު ސަރުކާރުގެ މެންބަރު ޗެމްބަރަށް ގޮސް އަޑުގަދަކުރަނީ
މަޖިލިސް
މަޖިލީހުގައި ހިންގި ހަމަނުޖެހުންތައް
ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި ކުރިއަށް ގެންދިޔަ ޖަލްސާތަކުގައި ހިންގި ހަމަނުޖެހުންތައް ތަހުގީގު ކުރަނީ
ބައެއް މެންބަރުންނަށް އިންޒާރުގެ މެސެޖްތައް ދީފައިވޭ
އެ މެންބަރުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައި

ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުގައި ކުރިއަށް ގެންދިޔަ ޖަލްސާތަކުގައި ހިންގި ހަމަނުޖެހުންތަކުގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި ކުރިއަށް ގެންދިޔަ ޖަލްސާތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ބައެއް މެންބަރުންނަށް އަނިޔާވެފައިވާ ކަމަށެވެ. މި މައްސަލަތައް ބަލައިދިނުމަށް މަޖިލިސް އިދާރާއިންނާއި، އެމެންބަރުންގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

ނާފިޒު ވިދާޅުވީ މެންބަރުންނަށް އަނިޔާވުމުގެ އިތުރުން ބައެއް މެންބަރުންނަށް އިންޒާރުގެ މެސެޖްތައް ދީފައިވާ ކަމަށެވެ. އެމައްސަލަތައް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ނާފިޒު ވިދާޅުވިއެވެ.

މިމަހުގެ 28 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިނުމަށްޓަކައި ރައްޔިތުން މަޖިލީހުގައި ހިނގަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި އެ މަޖިލީހުގެ އިދާރާގެ ތެރޭގައި ހިނގާދިޔަ ބައެއް ހާދިސާތަކާއި ގުޅިގެން އެ މަޖިލީހުގެ ބައެއް މެންބަރުންނަށް އަނިޔާވެގެން އަޅުގަނޑުމެންނާއި ހަމައަށް މަޖިލީހުގެ ފަރާތުންނާއި އަދި އެ މެންބަރުންގެ ފަރާތުން އެމައްސަލަތައް ހުށަހަޅާފައިވާތީ ފުލުހުންގެ ފަރާތުން އެ މައްސަލަތައް ވެސް މިދަނީ ބަލަމުން. އޭގެ ތެރޭގައި އަނިޔާވި މެންބަރުންނާއި އަދި އެ މެންބަރުންނަށް ބައެއް ކަހަލަ އިންޒާރުގެ މެސެޖްތައް ލިބުމާއި ގުޅިގެން އެބޭބޭފުޅުންގެ ކަންބޮޑުވުންތައް ހުރެގެން އެމީހުންގެ ރައްކާތެރިކަމަށް އެދި ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ.
އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު

ނާފިޒު ވިދާޅުވީ މަޖިލިސް މެންބަރުންނާއި ގުޅޭ މިމައްސަލަތަކުގައި ކަމާގުޅުންހުރި އިދާރާތަކާއި މައުލޫމާތު ހިއްސާކޮށް، އެމެންބަރުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

28 ޖެނުއަރީ 2024 ގައި ރައްޔިތުން މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިއުމަށް ޕީއެންސީގެ މެންބަރުން ހުރަސްއެޅުމާ ގުޅިގެން މަޖިލިސް އިދާރާގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން ހިންގާފައެވެ. އެކި މެންބަރުންނަށް އަނިޔާވެ، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއާއި އޭނާގެ އާއިލާގެ މެންބަރުން މަރާލާނެކަމަށް ބުނެ އިންޒާރުދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް