Advertisement
ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 22:33
ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭއަށް ފްލައިޓް ޖެއްސުން
ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭއަށް ފްލައިޓް ޖެއްސުން
ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ
ހަނިމާދޫ އެއާޕޯޓް
ހަނިމާދޫ ބައިނަލްއަގުވާމީ އެއާޕޯޓުގެ ރަންވޭގެ 1200 މީޓަރު ނިންމައި، ބޭނުން ކުރަން ފަށައިފި
އެ ރަންވޭ ހަދާފައިވަނީ ރޭގަނޑު ފްލައިޓްތައް ޖެއްސޭ ގޮތަށް
މުޅި ޖުމްލަ 2.4 ކިލޯމީޓަރު ނުވަތަ 2460 މީޓަރުގެ ބޮޑު ރަންވޭ، އެއްކޮށް ނިންމާލެވޭނީ އަންނަ މާޗު ނިމޭ ހިސާބުގައި

ހދ. ހަނިމާދޫ ބައިނަލްއަގުވާމީ އެއާޕޯޓުގައި ގާއިމްކުރެވޭ އައު ރަންވޭގެ 1200 މީޓަރު ނިންމައި، އެބައި ބޭނުންކުރަން ފަށައިފިއެވެ.

Advertisement

ހަނިމާދޫ އެއާޕޯޓް މެނޭޖްކުރާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭގެ 1200 މީޓަރު ނިންމައި ބޭނުންކުރަން ފަށާފައި ވާކަމަށާއި، އޭގެ ސަބަބުން އެ އެއާޕޯޓުން ދޭ ޚިދުމަތްތައް އަވަސްވެފައި ފަސޭހަވާނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ އައު ރަންވޭ- ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ

އަދި އެ ރަންވޭ ނިންމާފައިވަނީ ރޭގަނޑު ފްލައިޓުތައް ޖެއްސޭނެ ފަދައިން ކަަމަށާއި، އެ ރަންވޭއަށް އިތުުރުކުރެވޭ ބަޔާއެކު، މުޅި ޖުމްލަ 2.4 ކިލޯމީޓަރު ނުވަތަ 2460 މީޓަރުގެ ބޮޑު ރަންވޭ، އެއްކޮށް ނިންމާލެވޭނީ މި އަންނަ މާޗު މަސް ނިމޭ ހިސާބުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައު ރަންވޭ ހުޅުވުމުގެގޮތުން އެ އެއާޕޯޓުގައި ވަނީ މޯލްޑިވިއަންގެ ފްލައިޓެއް ޖައްސާފައެވެ. މި ފްލައިޓުގައި އާރްއޭސީއެލްއާއި މޯލްޑިވިއަންގެ އިސް ބޭފުޅުން ތިއްބެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް