ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 20:15
މަޖިލިސް ދޮށުގައި މުޒާހަރާކުރުން
މަޖިލިސް ދޮށުގައި މުޒާހަރާކުރުން
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ފާރަށް އަރައި، މަޖިލީހުގެ ގޯތި ތެރެއަށް އެއްޗެހި އުކި މައްސަލަ ބަލައިދިނުމަށް އެދިއްޖެ
މައްސަލަ ހުށަހެޅީ މަޖިލީހުގެ ސަލާމަތީ ކަންތައްތަކާބެހޭ ކޮމިޓީއަށް
އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ
މުޒާހަރާގެ ބައިވެރިން މަޖިލިސްގޭގެ ވަށާ ފާރު މައްޗަށް އަރާފައި

އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލިސް ކައިރީގައި މުޒާހަރާކުރި މީހުން މަޖިލީހުގެ ފާރަށް އަރައި، މަޖިލީހުގެ ގޯތިތެރެއަށް އެއްޗެހި އުކި މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.

Advertisement

އާދިއްތަ ދުވަހު މަޖިލިސް ދޮށުގައި މުޒާހަރާކުރީ ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނެވެ. އެ މީހުން މުޒާހަރާކުރީ ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލުމަށެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓު ނެގުން އާދިއްތަ ދުވަހަށް ތާވަލްކުރި ނަމަވެސް، ސަރުކާރު މެމްބަރުން ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެެވެ. އީވާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސްގެއާއި ގޯތިތެރެއާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކަަމަށެވެ.

އީވާ ހުށަހެޅުއްވި މައްސަލަ

އެހެންކަމަށް ވާއިރު، އާދިއްތަ ދުވަހު މަޖިލިސްކުރާގެ ކައިރީގައި މުޒާހަރާކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިން މަޖިލިސްގޭގެ ވަށާފާރު މައްޗަށް އަރައި، ގޯތި ތެރެއަށް އެކި އެއްޗެހި އުކާފައިވާކަން އީވާ ފާހަގަކުރެއްވިއެވެ، އެހެންކަމުން އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށްފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާބެހޭ ކޮމިޓީއަށް މި މައްސަލަ ހުށަހަޅުއްވާކަމަށް އީވާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް