ކ. މާލެ
|
28 ޖެނުއަރީ 2024 | އާދީއްތަ 12:38
ފ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންނަށް ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަން
ފ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންނަށް ކުރިއަށް ގެންދިޔަ މައުލޫމާތު ދިނުމުގެ ސެޝަން
ޕޮލިސް
ސައިބަރ ކްރައިމް
ސައިބަރ ކްރައިމްއަށް ހޭލުންތެރިވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފި
އޮންލައިންކޮށް މުދާ ގަންނައިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވޭ
އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކަށް ހުށަހެޅޭ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިން

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ފ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާއި އެފަދަ ކުށްތަކަށް ހުށަހެޅޭ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ދީފައިވާއިރު، އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

Advertisement

އޭގެ އިތުރުން، މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމަށް އެކި ނަންނަމުގައި ކުރިއަށް ގެންދާ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ.

އަދި އޮންލައިންކޮށް މުދާ ގަންނައިރު ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މި ސެޝަނުގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދިވެހި މުދައްރިސުންނާއި ބިދޭސީ މުދައްރިސުން ހިމެނޭހެން 42 މުދައްރިސުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް