Advertisement
ކ. މާލެ
|
27 ޖެނުއަރީ 2024 | ހޮނިހިރު 18:14
ޕޮލިސް ޕޯސްޓް ހުޅުވުން
ޕޮލިސް ޕޯސްޓް ހުޅުވުން
ޕޮލިސް ޕޯސްޓް ހުޅުވުން
އުތުރުގެ ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފި
ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު، ޕޮލިސް ޕޯސްޓުގައި ގައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގާފައިވޭ

އުތުރުގެ ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ރަށްރަށުގައި ގާއިމުވެތިބެ ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތްދޭން ފަށާފައިވަނީ ބ. މާޅޮހާއި، ކިހާދޫއެވެ. މީގެ ކުރިން ކިހާދޫ އަދި ނ. ޅޮހީގެ އިތުރުން ނ.ހެނބަދޫގައިވެސް ވަނީ ޕޮލިސްޕޯޓް ހުޅުވާފައެވެ.

ބ. މާޅޮހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި މާޅޮހު ކައުންސިލު ރައީސް އަބްދުﷲ ޝުޖާއުއެވެ.

ކިހާދޫ ޕޮލިސް ޕޯސްޓު މިއަދު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި ކިހާދޫ ކައުންސިލުގެ ރައީސް ހުސައިން ޝާފިއުއެވެ.

Advertisement

އަދި ނ. ޅޮހީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި ޅޮހީ ކައުންސިލު ރައީސް އިބްރާހީމް މުހައްމަދެވެ.

ހެނބަދޫ ޕޮލިސް ޕޯސްޓު މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި ހެނބަދޫ ކައުންސިލު ރައީސް ހުސައިން އަބޫބަކުރެވެ.

ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދައާއި ފުލުހުންގެ ދިދަ ނަގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް