ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 23:07
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 198 މީހުން އެބަތިބި!
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 198 މީހުން އެބަތިބި!
ޕީއެސްއެމް
ގުރައިދޫ މަރުކަޒު
ގުރައިދޫ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އާއިލާތަކާއި ހަވާލުކުރަނީ ކުރީ ސަރުކާރުން އާއިލާތަކާއި ހަވާލުކުރަން ޑިސްޗާޖްކުރި މީހުން
މި 19 މީހުންނަކީ ނިމިދިޔަ ސަރުކާރުން ގުރައިދޫ މަރުކަޒުން ނޮވެމްބަރު މަހުގެ ޑިސްޗާޖް ކުރި މީހުން
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 23 މީހަކު އާއިލާއާއި ހަވާލުކޮށްފައިވޭ

ގުރައިދޫ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އާއިލާތަކާއި ހަވާލުކުރަނީ ކުރީ ސަރުކާރުން ފޮނުވާލަން ނިންމާފައި ތިބި މީހުންކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ގުރައިދޫ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އާއިލާތަކާއި ހަވާލުކުރަން ނިންމާފައިވާކަމަށް ހާމަކޮށް، މި ސަރުކާރުގެ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިިވަލަޕްމަންޓުން ކުރި ޕޯސްޓާގައި ގުޅިން ރާއްޖެއެމްވީން ހޯދި މައުލޫމާތުތަކުންނެވެ.

Advertisement

އެގޮތުން މިނިސްޓްރީން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ޚިދުމަތް ދެމުން އަންނަ 19 ފަރާތެއް އަނބުރާ ޢާއިލާތަކާއި ހަވާލުކުރުމަށްވަނީ ތައްޔާރުވެފައި ކަމަށެވެ. ކޮންމެ މީހަކީވެސް އުފާވެރި އަބުރުވެރި ރީތި ދިރިއުޅުމެއް ޢާއިލާއާއިއެކު އުޅުމުގެ ހައްޤު ލިބިގެންވާ މީހެއް ކަމަށެވެ.

ނަމަވެސް މި 19 މީހުންނަކީ ނިމިދިޔަ ސަރުކާރުން ގުރައިދޫ މަރުކަޒުން ނޮވެމްބަރު މަހުގެ ޑިސްޗާޖް ކުރި މީހުންނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ވަނީ 23 މީހަކު އާއިލާއާއި ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް