ކ. މާލެ
|
23 ޖެނުއަރީ 2024 | އަންގާރަ 13:05
ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ސައްމާޙު
ވ. ކެޔޮދޫ ދޭލިއާގޭ، މޫސާ އަހުމަދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ސައްމާޙު
ރާއްޖެއެމްވީ
މޫސަގެ މަރުގެ މައްސަލަ
މޫސަގެ މަރުގެ މައްސަލައިގައި ސައްމާޙުގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތެއްނުވި
މި މައްސަލަ ނުބެލޭނެކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައި ވަނިކޮށް، މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގި
މި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށް ވަނީ ޙުކުމް ކުރައްވާފައި

ތޫނު އެއްޗަކުން ހަމަލާދީ، ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަރާލި މައްސަލައިގައި މާމިނގިލީ ސޭޑީގްރޯވް، އިބްރާހީމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުރި ޙުކުމުގައި ބުނެފައިވަނީ، ސައްމާޙުގެ މައްޗަށް ކޮށްފައިވާ ދައުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށެވެ.

Advertisement

ކްރިމިނަލް ކޯޓުގައި އެ ޙުކުމް އިއްވެވީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ސައްމާހުގެ މައްޗަށް ދައުވާކުރާ، ގަސްތުމަރުގެ މައްސަލައަކީ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅި، ފަހުން ސުޕްރީމް ކޯޓުގެ ނިންމުމާއެކު އަލުން އެ ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. އެގޮތުން މި މައްސަލަ ނުބެލޭނެކަމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައި ވަނިކޮށް، މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް